އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައޫފް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައޫފް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަންކުރުން ރަނގަޅު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.'

ޖޭއެސްސީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ހުށަހެޅުއްވި ފަހުން ރައޫފާ ބެހޭ ގޮތުން ތިން ފަރާތަކުން ޖޭއެސްސީ އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ޖޭއެސްސީ އަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ އެގޮތަށް ރައީސަށް ދަންނަވަން ނިންމީ ޝަކުވާތައް ބެލުމަށް ފަހުގައި ކަމަށެވެ.

މީގެކުރިން ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒުގެ ނަން ރައީސް ހުށަހެޅުއްވުމުން ޖޭއެސްސީން ވަނީ ފާއިޒް ވެސް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ލަފާ ދީފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު