އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ބައްޕައަކަށް "ހިމާޔަތް" ދިންކަމަށް ބުނެ ވިލިމާލޭ ހޮސްޕިޓަލަށް ގެއްލުންދީފި!

ބާރަ އަހަރު ކުއްޖަކަށް ޖިންސީ ގޯނާކުރި ބައްޕައަކަށް "ހިމާޔަތް" ދިންކަމަށް ބުނެ ވިލިމާލޭ ހޮސްޕިޓަލަށް ގެއްލުންދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ކ. ވިލިމާލެ ގައި އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލާފައިވާ މީހަކަށް "ހިމާޔަތް" ދިން ކަމަށްބުނެ، ވިލިމާލޭ ހޮސްޕިޓަލަށް މެންދަމު ބަޔަކު ގެއްލުންދީފިއެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 12 އަހަރުގެ އެކުއްޖާއަށް އޭނާގެ ބައްޕަ ޖިންސީ ގޯނާ ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެއެވެ. އެކަން އެނގުމުން ވިލިމާލޭގެ ބައެއް ރައްޔިތުން ނިކުމެ އެމީހާ ހޯދާ، އޭނާއަށްވަނީ ހަމަލާދީ، ފުލުހުންނާއި ހަވާލުކޮށްފައެވެ.

        

ނަމަވެސް އެމީހާއަށް ލިބިފައިވާ ޒަޚަމްތަކަށް ފުރަތަމަ ފަރުވާ ދިނުމުގެ ގޮތުން ފުލުހުން ވަނީ އެމީހާ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެފަދަ އަމަލެއް ކުރި މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން އުޅުމުން ގިނަ ރައްޔިތުންވަނީ އެކަމާއި އިދިކޮޅަށް އަޑުއުފުލާ ހޮސްޕިޓަލު ކައިރިއަށް އެއްވެ ނުރުހުން ފާޅު ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެއްވެފައިވާ މީހުން ހަމައަކަށް އެޅުވުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ވެސް ޖަހާފައެވެ. އަދި ފުލުހުންގެ ލޯންޗަކަށް އަރުވައިގެން އެމީހާ މާލެ ގެންދިޔަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

           

ނަމަވެސް ރޭ މެންދަމު 2:00 ހާއިރު ވިލިމާލޭ ބައެއްރައްޔިތުން ވަނީ މިމައްސަލައިގައި ނުރުހުންފާޅުކޮށް، ހުޅުމާލޭ ހޮސްޕިޓަލު ބޭރުދޮރުގެ ބިއްލޫރިގަނޑާއި އެތެރޭގައި ހުންނަ އިމަޖެންސީ ޚިދުމަތްދޭތަނުގެ ދޮރުގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައެވެ. ބައެއް ރައްޔިތުންގެ މިއަމަލު ގިނަ ރައްޔިތުންދަނީ ކުށްވެރި ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ