އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤަތުގައިވެސް ހާލުގައި ހުރި މީހަކަށް އެހީ ނުވެވިއްޖެނަމަ އެ ކުރެވެނީ ފާފައެކެވެ.

ޙަޤީޤަތުގައިވެސް ހާލުގައި ހުރި މީހަކަށް އެހީ ނުވެވިއްޖެނަމަ އެ ކުރެވެނީ ފާފައެކެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

މީހަކު ކަމަކަށް އެދިއްޖެ ނަމަ އެހައި އަވަހަށް ގޮތް ނުނިންމާށެވެ! އެހެނީ އެހީތެރިވެވެން އޮވެ ޙަޤީޤަތުގައިވެސް ހާލުގައި ހުރި މީހަކަށް އެހީ ނުވެވިއްޖެނަމަ އެ ކުރެވެނީ ފާފައެކެވެ. 

ޚަބަރުގައިވާ ވީޑިއޯ އިން ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ އެއީއެވެ. އަނބިދަރިންނަށް ކާންބޯން ދޭން ނުލިބިގެން ސަލާންޖަހަން ޖެހޭ މީހުން ޤައުމުތަކުގައި މަދެއް ނޫނެވެ. 

މިވީޑިއޯއިން ފެނިގެންދާ އެއް ކަމަކީ އަންހެނުންނަށް ކުރާ އަސަރު ބޮޑުކަމެވެ. ނިކަމެތި ޙާލުގައި ހުރި މީހަކަށް ފިހާރައަކުން ވަޒީފާ ނުދިނީ އޭނާއަކީ ރިފިޔުޖީއަކަށްވުމުންނެވެ. ނަމަވެސް އެކަމަށް އަނހެން މީހާއަށް ކެތް ނުކުރެވިގެން ފަހަތުން ނުކުމެގެން ގޮސް އޭނާ އާއި ބައްދަލުކުރެއެވެ. 

ރާއްޖޭގައި މިފަދަ މައްސަލަތަކެއް ނެތެވެ. ނަމަވެސް 10، 20 ރުފިޔާ ހޯދަން ސަލާން ޖަހާ ޒުވާނުން ވަރަށް ގިނަވެއްޖެއެވެ. މީގެ 10 ވަރަކަށް ދުވަސްކުރިން ފަތިސް ނަމާދަށްފަހު މާފަންނު ފަނޑިޔާރު މިސްކިތުން ނުކުތްތަކުން އެފަދަ ޒުވާނަކާއި ބައްދަލުވިއެވެ. އޭނާ ބުނީ އޭނާ ވަރަށް ބަނޑުހައިވެގެން ހުރި ކަމަށެވެ. 

އޭނާ ބޭނުން އެއްޗެއް ކާންދޭނެ ކަމަށް ބުނެ ޖެހިގެން ހުރި ހޮޓަލަށް އައުމަށް ބުނުމުން ހިނގައި ގެންފައި ބުނީ އިހަށް އަރާނީ މިސްކިތަށް ކަމަށެވެ. އޭނާ އެރީ މިސްކިތަށެވެ. ނަމަވެސް ބައެއް ފަހަރު ހޮޓާތަކުން ބައްދަލުވާ މިފަދަ ޒުވާނުން ކާން ދިނުމުން ބޭނުން ކުރެއެވެ. އެހެންކަމުން ވީޑިއޯގައި ބުނާފަދައިން މީހަކު ކާއެއްޗަކަށް އެދުމުން އެހައި ފަސޭހައިން ގޮތް ނިންމުމަކީ އެހައި ފަސޭހަ ކަމެއް ނޫނެވެ. 

މަގުތަކުގައި 10، 20 ރުފިޔާ ހޯދަން މިހިނގާ ޒުވާނުންގެ އަސްލު މައްސަލަތައް ދެނެ ގަނެ އެއީ ހަމަ އަސްލުގައިވެސް ވަޒީފާ ނުލިބިގެން ހިނގާ ބައެއް ނަމަ އެކަމަށް ޙައްލެއް ހޯދައިދޭން ކޮންމެވެސް ބައަކު މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެވެއެވެ. އެފަދަ ޒުވާނުން ވަރަށް ވަރަށް ގިނަވެއްޖެއެވެ.

ގުޅުންހުރި ވީޑިއޯ:

 

https://www.facebook.com/dharmannofficial/videos/402460654004068/

  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް