އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިން ސްކޫލެއްގައި ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފަށައިފި

ތިން ސްކޫލެއްގައި ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ހދ. މަކުނުދޫ، ހަނިމާދޫ އަދި ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން އެރަށްރަށުގެ ސްކޫލުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފަށައިފިއެވެ.

މި ޖަނަވަރީ މަހުގެ 26 ން 30 އަށް އެތިން ރަށުގައި ވަކިވަކިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީި ހދ. މަކުނުދޫ ސްކޫލާއި ހދ.ހަނިމާދޫ ސްކޫލު އަދި ށ.ފޯކައިދޫ ސްކޫލުގެ ގްރޭޑް 6 ، ގްރޭޑް 7 އަދި ގްރޭޑް 8 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި،  އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި މަގުމަތީގައި ޙަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުޢާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމާއި ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭ ކޮމިއުނިކޭޝަން ސްކިލްސްގެ ކްލާސްތައް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.

މި ތިން ޕްރޮގްރާމުގައި ހދ. މަކުނުދޫ ސްކޫލާއި ހދ.ހަނިމާދޫ ސްކޫލު އަދި ށ.ފޯކައިދޫ ސްކޫލް ހިމެނޭ ގޮތަށް ޖުމްލަ 104 ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.

ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން  ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލު މަދަރުސާ ހިމެނޭ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލް މަދަރުސާގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމާއި  ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ