އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާވެށީގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކުރަން މަޖިލީހުން ފާސްކޮށްފި

ތިމާވެށީގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކުރަން މަޖިލީހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށީގެ ކުއްލި ހާލަތު ރާއްޖޭގައި އިއުލާން ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ކުއްލި ހާލަތު އިއުލާން ކުރުމަށް ގޮވާލާ ގަރާރުގައި ބުނެފައިވަނީ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ދުވަހުން ދުވަަހަށް ގޯސްވަމުންދާ ކަމަށް ސައިންސްވެރިން ތަކުރާރުކޮށް އިންޒާރު ދެމުންދާއިރު އޭގެ ސަބަބުން ދުނިޔެއަށް އިގްތިސޯދީ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށާއި އަދި މިއީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން ވެސް އޮތް މައްސަލައެއް ކަމަށްވާތީ އެކަން ހާމަކޮށް ދިނުމަށް ހުރިހާ ފެންވަރެއްގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.

މި ގަރާރު މިއަދު މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ ވޯޓާއެކު އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު