އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތެއްގަ ބަހައްޓާފަ ހުރި ފަންޑު ފޮށްޓަކުން ވައްކަން ކުރަން އުޅެފި!

މިސްކިތެއްގަ ބަހައްޓާފަ ހުރި ފަންޑު ފޮށްޓަކުން ވައްކަން ކުރަން އުޅެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރ. އުނގޫފާރުގެ މިސްކިތެއްގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓަކުން ވައްކަން ކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުނގޫފާރުގެ "މަސްޖިދުލް ތަޤްވާ" ނަމަކަށް ކިޔާ މިސްކިތެއްގައިހުރި ފަންޑު ފޮށްޓަކުން ވައްކަން ކުރަން އުޅެފައިވާ ކަމުގެ މައްސަލައެއް މިއަދު ހަވީރު 17:10 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު، ފަންޑު ފޮށީގެ ތަޅުހަލާކު ކޮށްލާފައިވާ ކަަމަށާއި ނަމަވެސް އެފޮށިން އެއްވެސް އެއްޗެއް ގެއްލިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ