އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ!

ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ގއ. ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވި، އަނދަމުން އެބަދެއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހަވީރު 17:30 ހައިރު ގެމަނަފުށީގެ ކުނިގޮނޑުގައި ބަޔަކު ރޯކޮށްލުމުގެ ސަބަބުން އަނދަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުންނާއި އެމްއެންޑިއެފް އަދި ކައުންސިލް ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން ގއ. ވިލިނގިލިން ވެސް ފުލުހުންގެ ޓީމެއް އެރަށަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

         

ކުނިގޮނޑު ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި ކަމަށާއި އަލިފާނުގެ އަސަރު ގޭގެއާއި ހަމައަށް ނުފޯރާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނަމަވެސް ދުމުގެ އަސަރު ގޭގެއާއި ހަމައަށް ފޯރާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ ގެމަނަފުށީ ކުނިގޮނޑުގައި ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އެފްއާރްއެސް އަށް ލިބިފައިވަނީ މިރޭ 21:57 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ