އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރު ހަނދާންކުރާ މީހާއަށް މަރުވުމުން ލިބޭ ޚަޒާނާއިން ކިތަންމެ ގިނައިން ކިތަންމެ ބައިވަރެއް ނެގި ނަމަވެސް ހުހެއް ނުވާނެއެވެ!

މަރު ހަނދާންކުރާ މީހާއަށް މަރުވުމުން ލިބޭ ޚަޒާނާއިން ކިތަންމެ ގިނައިން ކިތަންމެ ބައިވަރެއް ނެގި ނަމަވެސް ހުހެއް ނުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މިއަދު އެންމެ ގިނަ ބައަކު އަވަދި ނެތި ކުރާ މަސައްކަތަކީ ތަނަވަސްކަން އިތުރުކުރުމަށާއި މަތީ މަޤާމުތަކާއި ބާރުތައް ލިބިގަންނަން ކުޜާ މަސައްކަތްތަކެވެ. އެކަން މުޖުތަމައުއަށް މިވަނީ ވަރަށް ބޮޑު ވަބާއަކަށްވެފައެވެ. މިޙާލަތު މެދުވެރިވެފައި މިވަނީ މަރުވާނެކަން ޤަބޫލުކުރެވޭ މީހުން ގިނަވުމުންނެވެ. 

ވާހަކަ ދައްކާއިރު ކޮންމެ މީހަކުވެސް ބުނާނީ އެންމެންވެސް މަރުވާނެ ކަމަށާއި އޭނާވެސް މަރުވާނެ ކަމަށެވެ. އަދި ދުނިޔޭގެ ޙަޔާތަކީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް އެކަން ވެފައި އޮންނަނީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކަކަށެވެ! އެކަންކަން ޙަޤީޤަތުގައި އެމީހަކަށް ޤަބޫލު ކުރެވޭކަމަށް ވާނީ ކޮންމެ ވަގުތަކުވެސް ތިމާ މަރުވެދާނެކަމަށް ބަލައިގެން ޢަމަލުކުރުމުންނެވެ. 

އަހަރެމެން ބަލައިލަންވީ ޞަޙާބީންގެ ސިޔަރަތަށެވެ! އެއްވެސް ބޭކަލަކު ތަނަވަސްކަން އިތުރުކުރައްވަވައި ޖަމާކުރައްވަން މަސައްކަތްޕުޅު ކުރައްވަވާފައެއް ނުވެއެވެ. ކުރައްވަވާ މަސައްކަތްޕުޅުން ލިބިވަޑައިގަންނަވާ އެއްޗެއްވެސް ހޭދަކުރައްވަމުން ގެންދެވީ ﷲ ތަޢާލާގެ މަގުގައެވެ. އަމިއްލަފުޅަށް ބޭނުންފުޅު ކުރެއްވެވީ ވަރަށް މަދު މިންވަރެކެވެ! 

އެއީ ދުނިޔޭގެ އުފާވެރިކަމަށް އެބޭކަލުން ލޯބި ނުކުރެއްވެވީތީއެވެ! ކޮންމެ ވަގުތަކުވެސް އަވަހާރަވެދާނެ ކަމަށް ބައްލަވައި ވީހައި ގިނަ އެއްޗެއް އާޚިރަތަށް ގެންދަވަން މަސައްކަތްޕުޅު ކުރެއްވެވީތީއެވެ. ސުވަރުގޭގެ ޚަޒާނާއަށް ދަހިވެތިވެވަޑައިގެންނެވީތީއެވެ.   

ނަމަވެސް މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ޞަދަޤާތެއް ކުރަން ތިބެނީ ބިރުންނެވެ. ފަޤީރުވެދާނެތީއެވެ. އެންމެ ކުޑަމިނުން މުދައު ދެއްވެވި ފަރާތަށް ދައަކަން ފަރުޟު ކުރައްވަވާފައިވާ ޒަކާތް ދައްކަންވެސް މިތިބެނީ ބޭނުން ނުވެފައެވެ. ނަމަވެސް ދުލުން ބުނަނީ ސުވަރުގެ އާއި ސުވަރުގޭގެ ޚަޒާނާތައް ބޭނުންވާ ކަމަށެވެ.

މީސްތަކުންނޭވެ! ކިތަންމެ ވަރަކަށް ބޭނުންކުރި ނަމަވެސް ހުސް ނުވާނެ ޚަޒާނާއަށް އެދޭ މީހާ ގިނަގިނައިން މަރު ހަނދާންކޮށް މަރަށް ތައްޔާރުވާން ކުރާ މަސައްކަތް ގިނަކުރާށެވެ! ސުވަރުގޭގެ ޚަޒާނާތަކުން ކިތަންމެ ވަރަކަށް ބޭނުންކުރި ނަމަވެސް އުންޏެއް ނުވާނެއެވެ. ހިތް ފުރޭވަރަށް ނަގަމުން ގެންދަންވީއެވެ. އެޚަޒާނާ އާއި ހަމައަސް ދެވުމުން ޚަޒާނާއިން ކިތަންމެ ބައިވަރެއް ހޯދަން ބޭނުންވި ނަމަވެސް އެކަމަށް އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. އޮތީ ހަމައެކަނި ހިތަށް އަރުވައިލުމެވެ! ހުންނާނީ އަބަދުވެސް ލިބިލިބިއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް