އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރްއާނުގަ ބީހެން ވުޟޫކުރަން ޖެހޭ ސަބަބާއި ކީރިތި ޤުރްއާނަށް "ﷲ ގެ ކަލާމްފުޅު" ކިޔުޔުނު ސަބަބު!

ކީރިތި ޤުރްއާނުގަ ބީހެން ވުޟޫކުރަން ޖެހޭ ސަބަބާއި ކީރިތި ޤުރްއާނަށް "ﷲ ގެ ކަލާމްފުޅު" ކިޔުޔުނު ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ކީރިތި ޤުރްއާނަކީ މިދުނިޔޭގައިވެސް އަދި ޤިޔާމަތް ދުވަހުގައިވެސް އެންމެ މަތިވެރިކަން ބޮޑުވެގެންވާ ފޮތެވެ! ބާވައިލެއްވެވީންސުރެ އެއްވެސް ބަދަލެއް ނައިސް ދެމިއޮންނާނެ ފޮތެވެ! އެފޮތަށް ޢަމަލުކުރުމުން މެނުވީ އާޚިރަތް ނުލިބޭނެ ފޮތެވެ! 

ކީރިތި ޤުރްއާނުގެ އެއް ނަމަކީ "ﷲގެ ކަލާމްފުޅު" އެވެ. މިނަން ދެވުނު ސަބަބާއިމެދު ބައެއް މީހުން ސުވާލުކުރާތީ ބުނަމެވެ! ޢަރަބި ބަހުގައި ކަލާމްގެ މާނައިގައި ބަސް، ވާހަކަ ހިމެނެއެވެ. ވީމާ ކީރިތި ޤުރްއާނަށް "ﷲ ގެ ކަލާމްފުޅު"ގެ ނަމުން ނަންދެވިފައިވަނީ އެފޮތުގައިވާ ކޮންމެ ކަލިމައަކީ ﷲ ތަޢާލާ ޖިބްރީލްގެ ވަޙީކުރެއްވެވި ކަލިމައަކަށްވާތީއެވެ. 

އެކަލިމަތައް ﷲ ތަޢާލާ ޖިބްރީލްގެފާނަށް ވަޙީކުރެއްވެވުމުން ޖިބްރީލްގެފާނު ގެނެސް ދެއްވެވީ މުޙައްމަދު ރަސޫލް (ޞޢވ) އަށެވެ! ޞަޙާބީންނަށް އަޑުފުޅު އިވިވަޑައިގަތީ ރަސޫލް (ޞޢވ)ގެ ދޫފުޅުންނެވެ! ﷲ ތަޢާލާ ބާވައިލެއްވެވި ގޮތަށެވެ! 

ކީރިތި ޤުރްއާނުގައި އަތްލަން ވުޟޫކުރަން ޖެހެނީ ވެސް މި ސަބަބަށްޓަކައެވެ. އެފޮތުގައިވަނީ ﷲ ތައާލާގެ ވަޙީ ބަސްފުޅުތައް ކަމުގައިވާތީއެވެ! ޖުނުބުވެރި ޙާލުގަ އާއި ޙައިޟް ނިފާސްކަމުގެ ދުވަސްތަކުގައި ކީރިތި ޤުރްއާނުގައި ނުބީހެވެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ސާފުޠޯހިރުކަންމަތީގައި ހުރެގެން ނޫނީ ﷲ ތަޢާލާގެ ކަލާމްފުޅުގައި ނުބީހެވޭނެތީއެވެ! ނުވެސް އުފުލޭނެތީއެވެ!  

މީސްތަކުންނޭވެ! ފިހާރައަކުން ޚަޠިމެއް ގަންނަން ދިއަ ނަމަވެސް ވުޟޫކޮށްގެންދާށެވެ! ގޭގައި ޚަޠިމް އޮތްތަނުން އުފުލާލަން ބޭނުންވި ނަމަވެސް ވުޟޫކޮށްގެން ނޫނީ ނުއުފުލާށެވެ! ދަރިންގެ ފޮތް ދަބަހުގައި ސްކޫލަށް ގެންދަން ޖެހޭނަމަވެސް ވުޟޫކުރުވާށެވެ! ދަބަހެއްގައި އުފުލި ނަމަވެސް ކީރިތި ޤުރްއާން ވާނީ ހަމަ ޤުރްއާނަށެވެ. 

ކީރިތި ޤުރްއާނަށްވުރެ މުހިންމު، ޤަދަރުކުރަންޖެހޭ، މަތިވެރި އެއްވެސް އެއްޗެއް މިދުނިޔެއަކު ނުވެއެވެ. ވީމާ ޙައްޤު އިޙްތިރާމް އަދާކުރާށެވެ! 

- ޔާސިރު ޤާދީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް