އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ދުވަސްވީ މީހަކު މޫދެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެ!

އުމުރުން ދުވަސްވީ މީހަކު މޫދެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ދ. މީދޫގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ނިޔަވެފައިވަނީ އެރަށު ދިގަލި/ އަބްދުލްހަކީމް އަޙްމަދު ކަމަށް "މިއަދުނޫހަށް" މައުލޫމާތު ދެއްވި ފަރާތަކުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި، މިއަދު މެންދުރު 11:30 ހާއިރު ހަކީމް މޫދަށް ގޮސް މެންދުރު ނަމާދު ގަޑިއަށް ވެސް އެނބުރި ގެއަށް ނައުމުން އޭނާ ހޯދަން އޭނާގެ ކާފަ ދަރިއަކު ދިޔައެވެ. ހަކީމްގެ ހަށިގަނޑު ފެނިފައިވަނީ ރަށުގެ ތުނޑިކޮޅަށް ލައްވެފައި އޮއްވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަކީމްގެ ހަށިގަނޑު އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ވަނީ ނިޔާވެފައި ކަމަށާއި މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:30 ގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަންދަނީ ބަލަމުންނެވެ.

ހަކީމް އަކީ ބަރާބަރަށް ނަމާދު ކުރާ މީހެއް ކަމަށާއި ދީނީ ކަންކަމަށް ފުރިހަމައަށް ސަމާލުކަންދިން މީހެއްކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނެފައިވެއެވެ.

 

މާތް ﷲ އެމަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން.

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ