އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަހަންނަށް ހަމަލާ ދިން މީހާއަށް މާފުކޮށްފިން، އޭނާއާއިމެދު އަހަރެން ހަމްދަރުދީވަން: އިމާމް ރާފަތު

އަހަންނަށް ހަމަލާ ދިން މީހާއަށް މާފުކޮށްފިން، އޭނާއާއިމެދު އަހަރެން ހަމްދަރުދީވަން: އިމާމް ރާފަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އިއްޔެ ސެންޓްރަލް ލަންޑަންގެ މިސްކިތެއްގައި ހުރި އިމާމަކަށް ހަމަލާދިން މީހާއަށް އެއިމާމް މާފުކޮށްފިއެވެ.

ރީޖެންޓްސް ޕާކް މިސްކިތުގައި ނަމާދު ކުރަން ހުރި އިމާމް ރާފަތު މަގްލާދް (70އ.) މިއަދު ބުނީ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިން މީހާއަށް މާފު ކޮށްފިން ކަމަށާއި އެމީހާއާއިމެދި އޭނާ ހަމްދަރުދީވާ ކަމަށެވެ.

            

"އަހަރެން ހުރީ އިމާމްވެ ނަމާދު ކުރަން. ސަޖިދައިގަ އޮއްވާ މީހަކު ފަހަތުން އައިސް އަހަންނަށް ހަމަލާދިނީ. އަހަންނަކަށް ނޭނގެ އެއީ ކާކުކަމެއް. އަހަރެންގެ ކަރުން ލޭ އަންނަން ފެށިކަން އަހަންނަށް އެނގުނީ. އެތާ ތިބި ބަޔަކު އަވަހަށް އަހަރެން ހޮސްޕިޓަލަށް ގެންދިޔަ. އަހަންނަށް ހަމަލާދިނީ ކާކުކަން ނޭނގުނަސް އަހަރެން އޭނާއަށް މާފު ކޮށްފިން. އަދި އޭނާއަށް ހަމްދަރުދީވަން. އަހަންނަކީ މުސްލިމެއް، އެހެންވެ އަހަރެންގެ ހިތަކު އެއްވެސް މީހަކަށްޓަކައި ނަފްތަރެއް ނުވޭ" އިމާމް ރަފާތު އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އިމާމަށް ހަމަލާދިނީ އުމުރުން 29 އަހަރުގެ ދޮން މީހެކެވެ. އިމާމަށް ހަމަލާދިނުމުން ފަހަތުން 20 އަކަށް މީހުން ގޮސް އޭނާ ހިފަހެއްޓި ކަމަށާއި މާލަސްތަކެއްނުވެ ފުލުހުން އެތަނަށް ދިޔުމުން ފުލުހުންނާއި އޭނާ ހަވާލުކުރި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. މީހަކު މަރަން އުޅުންކަމުގެ ކުށުގައި އޭނާ މިހާރުވަނީ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކޮށްފައެވެ.

އިމާމް ރަފާތު މަގްލާދްގެ ހާލު މިހާރު ރަނގަޅެވެ. ހޮސްޕިޓަލުން އޭނާ އަދި ދޫކޮށްނުލި ކަމުގައިވިޔަސް، އެތަނުގައި ވެސް އޭނާ ނަމާދު ގާއިމް ކުރަމުންދާ ކަމަށް ލަންޑަންގެ މޭޔަރ ޞާދިޤް ޚާން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ