އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގަ އިސްލާމް ދީން ނިކަމެތިކުރަން ރައީސް ނަޝީދު ކުރެއްވި 3 ކަމެއް ޝައިޚް ޒަމްޒަމް ފާރިޝް ހާމަކުރައްވައިފި

ރާއްޖޭގަ އިސްލާމް ދީން ނިކަމެތިކުރަން ރައީސް ނަޝީދު ކުރެއްވި 3 ކަމެއް ޝައިޚް ޒަމްޒަމް ފާރިޝް ހާމަކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ރާއްޖޭގަ އިސްލާމް ދީން ނިކަމެތިކުރަން ރައީސް ނަޝީދު ކުރެއްވިކަން ސާބިތުވާ ކަންކަމުގެ ދިގު ލިސްޓުން 3 ކަމެއް ޝައިޚް ޒަމްޒަމް ފާރިޝް ހާމަކުރައްވައިފިއެވެ. އެއީ

 

1 ނަސޯރާ ދީނުގެ ފާދިރީންގެ ޖެސޫޓްސް ރާއްޖެ އައުމަށް ގޮވާލެއްވި

2 ނަސޯރާ ދީން ފަތުރާ އެޖެންޓް ޑޭވިޑް ހާޑިންހަމް އަށް ވަޒީފާދިން

3 މާތް ﷲ އަށް ކުފުރުވެ ޝިރުކުރުމުގެ މިނިވަންކަމަށް ގޮވާލި 10 މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި މިނިވަންކަމާއެކު ދޫކޮށް ލެއްވިއެވެ.

މީގެ އިތުރުން ކީރިތި ޤުރްއާނާއި ސުންނަތް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވަކާލާތު ކުރެއްވުން އެއީ ގިނަ ބައަކު ފާހަކަކުރާނެކަމެކެވެ.

އެންމެ ފަހުން ކުރެއްވި ކަންކަމުގެ ތެރޭގައި ރަމްޟާންމަހަށް މިސްކިތްތައް ޒީނަތްތެރިކުރުމާއި އިމާމްވެ ނަމާދުކުރައްވާނެ ޙާފިޡުން ގެނައުމަކީ ބޭކާރު އިސްރާފެއް ކަމަށް ވިދާޅުވުމާއި ޑްރަގް ޑީލަރުން ހައްޔަރުކުރާތީ ފުލުހުންނަށް ފައުޅުގައި ކޯފާގެ ބަސްތައް ރައްދުކުރެވުމާއި ސެކިޔުލާފިކުރު ފަތުރާބައަކު ރާއްޖެގެނެސް ސެމިނާރތައް ބާއްވަން މަގުފަހިކޮށްދެއްވުމާއި އެކަން ކުރަނީ އެއްވެސް ފަރާތަކުން ހުއްދަ ނުނަގާކަން ކުރިންވެސް އެނގިވަޑައިގަންނަވާއިރު މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމާއި އެމީހުންނާއިއެކުގައި އުލުއްވުމާއި އެމްޑީއެން އިން ނެރުނު ލާދީނީ ރިޕޯޓުގައި މަދީ ހަމައެކަނި ޞަލަވާތް ކަމަށް ވިދާޅުވެ ރިޕޯޓު ދިފާއުކުރެއްވުމާއި ރިޕޯޓުގައި ޤޢުރްއާނުގެ އާޔަތްތަކަށް އިންކާރުކޮށްފައިވީނަމަވެސް އެކަންކަމަށްވެސް ރިޢާޔަތް ނުކުރެއްވުމާއި މިނޫންވެސް ގިނަ ކަންތައްތަކެއް ގިނަ ބައަކު ފާހަގަކުރެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެން ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރާ މި ކަންކަމަކީ ފެށުނީންސުރެ މިއަދުނޫހުން ކަންބޮޑުވުން ފައުޅުކުރަމުން އަންނަ ކަންކަން ކަމުގައި ފާހަގަކުރަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް