އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑުހުޅުދޫ އަންހެނަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު މައްސަލައެއް ހުށަހަޅައިފި

ކަނޑުހުޅުދޫ އަންހެނަކާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު މައްސަލައެއް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ގއ. ކަނޑުހުޅުދޫ އަންހެނަކާއިއެކު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ. ފުލުހުން މިއަދު ވަނީ އެ މައްސަލަ މިމަހުގެ 9 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެމައްސަލައިގެ ތަޙްޤީޤަށް މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފައެވެ. 

އަނިޔާ ލިބުނު އަންހެން މީހާ ބުނީ އެމްޑީޕީގެ ބޮޑު ބައްދަލުވުމަކަށް މާލެ އައިސްފައި އާދައިގެ މަތިން އޭނާ ނިދީ ފިރިމީހާގެ ފިރިހެން ކޮއްކައަކު ކުއްޔަށް ހިފާފައި ހުންނަ ތަނެއްގައި ކަމަށެވެ. އަދި އެތަނަކީ ފިރިމީހާ އާއެކުވެސް ދަރިން ގޮވައިގެން ގޮސްވެސް ހުންނަތަން ކަމަށެވެ. 

"އަޅުގަނޑު ނިދަން އޮތީ ކޮޓަރީގަ. ނިދިފައި އޮވެފަ ހޭލެވުނީ ފިރިހެނަކު ބައްދައި ގައިން ދޮން ނަގާތީ. ހޭލެވުމުން ރޮއި އާދޭސްކުރުމުން ވެސް ދޫކޮށެއް ނުލި. ތީ ފިރިމީހާގެ ކޮއްކޮ ނޫންހޭ ތިއަހެން ތިއަކަން ކުރަން ހެޔޮ ނުވާނޭ ބުނާމްވެސް ދުލެއް ނުކުރި. 

އެތައް މަސަކަތަކުން ވަދެވުނީ ފާޚާނާއަށް، ފާޚާނާގަ އެތައް އިރަކު އިނދެ ރުއިމަށްފަހު ނުކުމެ ނަމާދުކޮށް މުސައްލަ މަތީގަ އިނީމަވެސް ނުދިއަ. އެއިރު ފަތިހު 4 ޖަހަނީ. ފަތިސްވެ އަލިވުމުން އެގޮތް މިގޮތުން ނުކުމެ މަގުމަތީގަ ހުރީ. މިހާރު މިހިރީ އައިސް ރަށުގަ. އައީ ވިލިފުލުހަށް މައްސަލަ ހުށަހަޅާފަ." 

އޭނާ ބުނި ގޮތުން އޭނާއަށް ގޯނާކުރީ އޭނާގެ ފިރިމީހާގެ ކޮއްކޮއެވެ. ފުޓްބޯޅައިގެ ދާއިރާގައި މަޝްހޫރު އެފްއޭއެމްގެ ބޮޑެކެވެ. އަދި ނުބައި އަމަލުތައް ހިންގި އިރު އޭނާ ހުރީ ކައިވެންޏެއް ކުރަން ރަންކިޔުއްވައިގެން ކަމަށާއި އެ އަންހެންކުއްޖާއަށް ވެސް މިކަމުގެ މައުލޫމާތު ދީފައިވާނެ ކަމަށް އޭނާ ބުނެއެވެ. 

އަނިޔާ ލިބުނު މީހާގެ ޝަކުވާއަކީ ބައެއް މައްސަލަތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭއިރު އަނެއްބައި މައްސަލަތައް ކުރިއަށް ގެންދެވޭލެއް ލަސްކަމެވެ. "އަޅުގަނޑު ބޭނުން މިކަމުގައި އިންޞާފު ލިބެން. ދެމީހުން އެކަނި ތިބެގެން އުލުނު ޢަމަލެއް ނަމަވެސް އޭނާގެ ކުށަށް އިޢްތިރާފް އަޑު އަހާނެ ހެކިން މިހާރު ތިބޭނެ! އަޅުގަނޑުގެ އާދޭހަކީ މައްސަލަ ބާރަށް ކުރިއަށް ގެންގޮސްދިނުން." ކަމަށްވެސް އޭނާ ބުނެއެވެ. 

އަނިޔާ ލިބުނު އަންހެމީހާ އަކީ 45 އަހަރުގެ އަންހެނެކެވެ. އަނިޔާކުރި މީހާގެ ބޭބެ އާއި ކައިވެނިކޮށްގެން އުޅޭތާ 15 އަހަރުވެއްޖެއެވެ. ކައިވެންޏަށް ދަރިއަކުވެސް ވަނީ ލިބިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް