އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނަންތަރަ ރިޒޯޓާ ސިކްސް ސެންސަސް ރިޒޯޓުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބިދޭސީން ފެނިއްޖެ!

އަނަންތަރަ ރިޒޯޓާ ސިކްސް ސެންސަސް ރިޒޯޓުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބިދޭސީން ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އަނަންތަރަ ރިޒޯޓާ ސިކްސް ސެންސަސް ރިޒޯޓުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ ބިދޭސީން ފެނިގެން ޓެސްޓްކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. 

އެޗްޕީއޭ އިން ބުނީ "ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގގައި ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ރިސޯޓުގައި އެކަހެރިކުރެވިފައި ކަމަށެވެ. 

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސިކްސް ސެންސަސް ލާމު ރިސޯޓުން 2 ބިދޭސީއެއް އެ ރިސޯޓުގައި އައިސޮލޭޓްކޮށް މޮނީޓަރކުރުމުގެ މަސައްކަތްދަނީ ކުރެވެމުން ކަމަށާއި ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުންވަނީ #ކޯވިޑް19 އަށް ޕޮސިޓިވްވެފައިވާ މީހަކާއި "ކޮންޓެކްޓް" ވެފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް