އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަކީ ޙަޤީޤީ ފަހުލަވާނެއްކަން ޔަޤީންކުރަމާ! ކޮރޯނާ އިން ރާއްޖެ ސަލާމަތްކޮށްދެއްވެވުން އެދި އަތް އުފުލި މީހެއްގެ ޝަރަފު ދޫކޮށްނުލާ!

ތިބާއަކީ ޙަޤީޤީ ފަހުލަވާނެއްކަން ޔަޤީންކުރަމާ! ކޮރޯނާ އިން ރާއްޖެ ސަލާމަތްކޮށްދެއްވެވުން އެދި އަތް އުފުލި މީހެއްގެ ޝަރަފު ދޫކޮށްނުލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

 

 

ގެ ރަޙްމަތުން ކޮރޯނާ ވައިރަސްގެ ވަބާއިން ރާއްޖެއަށް ސަލާމަތްވެވި ރާއްޖެއިން ކޮރޯނާ ވައިރަސް ފިލައިފާނެ ކަމުގެ އުންމީދުތައް މިދަނީ އިތުރުވަމުންނެވެ. މިހިސާބުންވެސް ވިސްނައިލަންވީ ޝުކުރުވެރިވުން އިތުރުކުރުމާއިމެދުގައެވެ. ﷲ ގެ ނިޢްމަތްތަކަށް ކާފިރުވުމާއި ދުރުހެލިވާންޖެހޭކަމެވެ.

 

ޙަޤީޤީ ފަހުލަވާނުންނަކީ ފަރުޟު 5 ނަމާދުކޮށް ޤުނޫތައް އަތްއުފުލަމުންދާ މީހުންނެވެ. ގޭގައި ނަމާދުކޮށް ދުޢާއަށް އަތް އުފުލާ މީހުންނެވެ. ކޮރޯނާ ހުއްޓުވުމުގެ އެއްވެސް ބާރެއް އެއްވެސް މީޙަކަށް ލިބިގެންނުވާކަން ހިތުގެ އަޑިންޔަޤީންކޮށް ޝިރުކުކުރުމާއި ﷲ ދެއްވަވާ ނިޢްމަތްތަކަށް ކާފިރުނުވެ ﷲ ގެ ޙަޟްރަތުން ވާގިއެދޭ މީހުންނެވެ.

 

ޙަޤީޤީ ފަހުލަވާނުންނަކީ ތިމާމެންގެ ހުރިބާރުވަރުގަދަކަން ދައްކަން ކޮރޯނާވައިރަސް އާއި ދިމާއަށް މުށްކަވައި އަނގަ އޮރިކޮށް ވައްތަރުޖެއްސުން ފަދަ ކަންކަން ނުކޮށް ތިމާގެ ހުރި ނިކަމެތިކަން ހިތްމައްޗަށް ގެނެސް ދުޢާކޮށް އާދޭސް ދަންނަވައި ﷲ އަށް އަތްއުފުލާ މީހުންނެވެ. ވައިރަސް ފިލައިގެންދާނީ ހަމަ ﷲ އެކަމަށް މިންވަރުކުރެއްވެވުމުންނެވެ. ނަޞްރު ލިބުން އޮތީ ދުޢާކޮށް އާދޭސް ދެންނެވުނުވަރަކުންނެވެ.

 

ޞިއްޙީގޮތުން އެންމެ ވަސީލަތް މަދު އެއް ޤައުމުގެ ގޮތުގައި ރާއްޖެ އޮވެމެ ޞިއްޙީ ބޮޑު ނުރަކަލެއްގެތެރެއަށް ރާއްޖެ ވެއްޓިގެން ނުދިއައީ ހަމަ ﷲ ގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. އައބާރުމިނުގަ ރަށްތަކަށް ފެތުރިގެންނުދިއައީ އެއްވެސް މީހެއްގެ މޮޅުކަމަކުން ނޫނެވެ! އެ ފަދަ ނުރައްކައުތެރި ޙާލަތުން ދިވެހިރާއްޖެ ސަލާމަތްކުރައްވަވައި ދެއްވެވީތީއެވެ. ޞިއްޙީ ޚިދުމަތްތެރިންނަށް ﷲ ދެއްވެވި ޢިލްމާއި ތަޖުރިބާގެ ބޭނުންކޮށްގެން ކުރި ގިނަގުނަ މަސައްކަތްތަކުގައި ﷲ ބަރަކާތް ލެއްވެވީތީއެވެ.

 

ޕޮޒިޓިވްވާމީހުންގެ އަދަދު 30 ގެ އަދަދުތަކުގަ 2 ދުވަހެއްވުމަށްފަހު 50 ގަ ދެދުވަހެއްވުމަށްފަހު މިއަދަކީ އަނެއްކާވެސް 30 ގެ ޢަދަދަކަށް ދަށްވެ އުފާވެރިކަން ލިބުނު ދުވަހެވެ!

 

މިއީ ޞިއްޙީ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފަރުވާކުޑަކުރުމުގެ ވަގުތެއްނޫނެވެ. އިތުރަށް ސަމާލުކަންދޭންވީ ވަގުތެވެ. ލުއިލިބިގެންދާވަގުތު ބަލިފިލީކަމަށްބަލައި ފަރުވާކުޑަކުރި ޤައުމުތަކުގައި ބަލި އަލުންފެތުރިގެންދާ ބާރުމިނަށް ބެލުމުން މިކަންކަން ޔަޤީންކުރެވޭނެއެވެ. އިސްލާމް ދީނުގައި އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ވާގިއެދުމެވެ.

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް