އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރުން މަނާކޮށްފައި ވަނިކޮށް ރިސޯޓަކުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި!

ފުރުން މަނާކޮށްފައި ވަނިކޮށް ރިސޯޓަކުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ އަދި މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް،ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފަކު ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިއުމުން ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުރުން މަނާކޮށްފައިވަނިކޮށް މާލެ ސަރަޙައްދުގައި ހިމެނޭ ރިސޯޓަކުން ފިލައިގެން، ޏ. ފުވައްމުލައް ސިޓީއަށް ދަތުރުކުރި ދެ މުވައްޒިފަކު، ފުވައްމުލައް ސިޓީއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެދެމީހުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުން މާލެއަށް ދިޔައީ އަމިއްލަޔަށް ދަތުރު ހަމަޖައްސައިގެން ކަމަށާއި އިއްޔެ ރޭގެ ފްލައިޓުިން ފުވައްމުލައްސިޓީއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެމީހުން ހައްަޔރު ކޮށްފައިވަނީ ފުވައްމުލައް ސިޓީ އަށް ދިޔަ ރޭގައެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. މިދެމީހުންނަކީ ވެސް ދެ ދިވެހިންނެވެ.

މިމައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ