އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ޖެހުނު މީހުންގެ އަދަދު ދާދި އަވަހަށް މިލިއަނަކަށް އަރައިފާނެ ކަމުގެ ބިރު ބޮޑު!

ކޮރޯނާ ޖެހުނު މީހުންގެ އަދަދު ދާދި އަވަހަށް މިލިއަނަކަށް އަރައިފާނެ ކަމުގެ ބިރު ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮރޯނާ ޖެހިފައި ތިބި މީހުންގެ އަދަދު މިވަނީ 434،834 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދު މިވަނީ 19،636 އަށް އަރައިފައެވެ. 4 ދުވަސްތެރޭ 3 ލައްލައިން 4 ލައްކައަށް އެރުމުން ބަލި ޖެހެމުން އަންނަ ބާރުމިން މިއޮތީ ފެންނާށެވެ! މިބާރު މިނުގައި ބަލި ފެތުރެމުން އަންނަނަމަ ބަލިޖެހޭ މީހުންގެ އަދަދު މިލިއަނަކަށް ދާދިއަވަހަށް އެރުމަކީ ދުރުކަމެއް ކަމަށް ބެލެވޭކަށް ނެތެވެ! 

ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ދެނެގަތުމުގެ ބާރު ލިބިގެންވާ ކަމަށް ބުނާ އެމެރިކާއަށް އެ ޤައުމަށް ކޮރޯނާ ވައިރަސް އަރާނެކަމެއް ނުއެނގުނެވެ. ތައްޔާރެއް ނުވެވުނެވެ. ހޮސްޕިޓަލްތައް ފުރުނީއެވެ. އެނދުތައް ހުސްވީއެވެ. 54،963 މީހުންނަށް ބަލި ޖެހުނީއެވެ. މަރުވި މީހުންގެ އަދަދު 788 އަށް އެރީއެވެ. 

ޑަބްލިޔޫއެޗްއޯ އިން މިހާރު ވަނީ ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރޭ މައިމަރުކަޒަކަށް އެ ބާރުގަދަކަމަށް ބުނާ އެމެރިކާ ވެދާނެކަމުގެ އިންޒާރު ދީފައެވެ.  ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ތަރްޖަމާނާ މާގްރެޓް ހެރިސް ބުނީ ދުނިޔޭގައި ދެވަނައަށް ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައި ކަމަށެވެ. އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ފަންސާސް ހަތަރު ހާހަށް  އަރާފައިވާތީ ކޮރޯނާ ވައިރަސް ދުނިޔެއަށް ފެތުރުމުގެ މައި މަރުކަޒަކަށް އެމެރިކާ ވެދާނެކަމަށެވެ.

މުޅި ދުނިޔެ ކޮންޓްރޯލްކުރަމުން އަންނަ އެމެރިކާއިން ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ނިޔު ޔޯކް ފަދަ ކޮރޯނާ ވައިރަސް އެންމެ ހަލުއިކަމާއެކު ފެތުރޭ އއެޤައުމުގެ ސްޓޭޓްތަކުގައި އެކަން އަތްނުފޯރާ ފަށަށް ހިނގައިދާނެކަމުގެ އިންޒާރުވެސް ތަރުޖަމާނު ވަނީ ދީފައެވެ. 

ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެމުން އަންނަ ގޮތަށް ބަލައިފި ނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށްދާވަރަކަށް ފެތުރެމުން އަންނަ ހަލުއިމިން ވަނީ ބާރުވެފައެވެ. އެއީ ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ސަބަބުން އިތުރު އެތައް ބައަކަށް ބަލިޖެހެމުންދާތީއެވެ.

 

ހިސާބުތައް ދައްކާ ގޮތުން އެންމެ ނުރައްކާ ހާލަތުގައި ތިބި ބަލި މީހުން އެންމެ ގިނައީ ޔޫރަޕުގައެވެ. އިޓަލީގައި 3393، ސްޕޭންގައި 2636، ފްރާންސްގަ 2516، މީހުން ތިބިއިރު ޗައިނާގައި ސީރިއަސް ޙާލަތުގައި މިހާރު ތިބީ 1399 މީހުންނެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް