އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ކުޑަކުޑަ ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ގިނަ ބައަކަށް ފަރުވާކުރަން ޖެހިފައިވާ ޤައުމަކަށް "އެންމެ ވަރުގަދަ" އެމެރިކާ ވެއްޖެ!

އެންމެ ކުޑަކުޑަ ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ގިނަ ބައަކަށް ފަރުވާކުރަން ޖެހިފައިވާ ޤައުމަކަށް "އެންމެ ވަރުގަދަ" އެމެރިކާ ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

މިވަގުތުގެ ހިސާބުތަކަށް ބަލައިފިނަމަ ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދަކީ 472،035 އެވެ. މީގެ ތެރެއިން އެންމެ ގިނަ ބައަކު ޕޮޒިޓިވްވެ ފަރުވާ ހޯދަމުން މިހާރު ގެންދަނީ އެމެރިކާގައެވެ.

އެމެރިކާގައި ފަރުވާ ދޭ މީހުންގެ ޖުމުލުލައަކީ 67,063 އެވެ. ދެވަނައަށް އެންމެ ގިނަ މީހުންނަށް ފަރުވާ ދެމުން ދަނީ 57521 އަށް ފަރުވާ ދެމުންދާ އިޓާލީގައެވެ. 3 ވަނައަށް ފާހަގަކުރެވެނީ 40،501 މީހުންނަށް ފަރުވާ ދެމުން އަންނަ ސްޕޭންއެވެ.

މަރުވި މީހުންގެ އަދަދު މިހާރު އެންމެ ގިނައީ އިޓަލީގައެވެ. އިޓަލީގައި 7,503 މީހުން މަރުވެފައިވާއިރު ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕޭންގައެވެ. ސްޕޭންގައި މިހާރު ވަނީ 3,647 މީހުން މަރުވެފައެވެ. ބަލި ފުރަތަމަ ފެށިގެން އައި ޗައިނާގައި މަރުވެފައިވަނީ 3,287 މީހުންނެވެ. ވީމާ މިހައިތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ އާއި ސްޕޭނުންނެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް