އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ހުރިހާ ބިލިއަނަރުންނާ ހުރިހާ ކޯލިޝަންތަކާ ގަދަ ބާރުތަކަށް އެކުޑަކުޑަ ކޮރޯނާ ކުރމަތީގަ ބަލިކަށިވެ ނިކަމެތިވާން ޖެހުނީ ކީއްވެ؟

ދުނިޔޭގެ ހުރިހާ ބިލިއަނަރުންނާ ހުރިހާ ކޯލިޝަންތަކާ ގަދަ ބާރުތަކަށް އެކުޑަކުޑަ ކޮރޯނާ ކުރމަތީގަ ބަލިކަށިވެ ނިކަމެތިވާން ޖެހުނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ މުއްސަނދިކަމުގެ ބާރު ކަނޑުވާލައިފިއެވެ. އެންމެ ބާރުގަ މީހުންގެ ބާރުކަނޑުވާލައިފިއެވެ. އެންމެ ބާރު ގަދަ ޤައުމުތަކުގެ ބާރު ކަނޑުވާލައިފިއެވެ. އެއްވެސް މީހަކީ އެއްވެސް ބާރެއް ނެތް ނުކުޅެދޭ މީހެއްކަން އެންމެ ބޮޑެތި މުސަނދިންނަށާއި އެންމެ ބާރުގަދަ މީހުންނަށާއި އަދި އެންމެ ބާރުގަދަ ކަމަށް ދައުވާ ކުރަމުން އަންނަ ޤައުމުތަކަށް ވެސް އަންގައިދީފިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު މީހުންނާއި އެންމެ ރީތި ކަމަށް ބުނާ މީހުންގެ ވެސް އެއްވެސް ބާރެއް ނެތެވެ.

ގިނަ ބައަކަށް އަދިވެސް ޖަވާބު ނުވިސްނިގެން އުޅޭ ސުވާލަކީ މިއެންގުން މިއެންގީ ކާކު ހެއްޔެވެ؟ ކޮން ޤައުމަކުން ހެއްޔެވެ؟ ކޮންފަރާތަކުން ހެއްޔެވެ؟ ވީމާ ރަނގަޅަށް ވިސްނާށެވެ! މިއެންގުން އެންގެވީ ﷲ ތަޢާލާއެވެ. ކޮންފަދަ ނިކަމެތި ގޮތަކަށްހެއްޔެވެ؟ މިތިބަ ބިޔަ ބޮޑެތި ޖާނުން ވަރުގަދަ އިންސާނުންގެ ގާތަށް ލޮލަލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ވައިރަސް އެއް ފޮނުއްވަވައިގެންނެވެ.  

އެވައިރަސް އެބުނަނީއެވެ! ތިހިރަ މުއްސަނދި، ބާރުގަދަ ކަމަށް ދެކޭ މީހާއެވެ! ނިކަން ފަރާތަކަށްވެސް ޖެހިލަބަލާށެވެ! އެހިސާބުން ކުރެވޭ ހަމަ އެއްވެސް ކަމެއް ނެތެވެ. ޖެހެނީ އެނދުގައި އޮށޯންނާށެވެ! އެމީހަކަށް ﷲ މިންވަރު ކުރައްވަވާ ޙުކުމެއްގެ އިންތިޒާރުގައެވެ.  

ވީމާ އާދޭސްކޮށްފައި ބުނަމެވެ. ފެންނަމުން މިދާ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ! ކޮރޯނާ ދެމުން އެގެންދާ މެސެޖަކީ ހަމައެއީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ބުނާއަޑު އިވެނީ ރައްކައުތެރިކަމުގެ ގޮތުން އެންމެ ވަރުގަދައަށް ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ޕެންޓަގަން ކަމަށެވެ! ކޮރޯނާ ޕެންޓަގަނަށް ވަންނަން ބޭނުންވުމުން ހުއްޓުވުނު ހެއްޔެވެ؟ ކޮންމެއަކަސް ދުނިޔޭގެ އެންމެ މަތިން ފެށިގެން ތިރިއަށް ބެލިނަމަވެސް އެންމެ ބާރުގަދަ މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއަށް ބެލި ނަމަވެސް އެންމެ މުއްސަނދި މީހާއިން އެންމެ ފަޤީރު މީހާއަށް ބެލި ނަމަވެސް އެއްވެސް ތަފާތެއް ނެތެވެ. އެންމެންވެސް މިތިބީ އެއް ހާލެއްގައެވެ! އެކުޑަކުޑަ ކޮރޯނާ ޖެހިދާނެ ކަމުގެ ބިރުގައެވެ! 

އަދިވެސް ވަގުތު އެބައޮތެވެ! ދިރި އެބަ ތިބީމުއެވެ. ތައުބާވުން އަވަސްކުރާށެވެ! ހެޔޮ އަމަލުތައްކުރުން ގިނަކުރާށެވެ! މިދެއްކި ވާހަކަތަކަށް ފުންކޮށް ވިސްނައިފިނަމަ ވަރަށް ގިނަ ފިލާވަޅުތައް ލިބިގެންދާނެއެވެ. އިބްރަތް ޙާޞިލުކުރެވޭނީވެސް، ކަމެއް ވިސްނޭނީވެސް ވިސްނައި ފިކުރުކުރަން ބޭނުންވާ މީހަކަށެވެ. އެފަދަ މީހުންގެ ތެރެއިން ވުމަށް އެދޭށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް