އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަފާރީއަކުން ކޮރޯނާއަށް ޝައްކުކުރެވޭ ދިވެއްސަކު ފެނިއްޖެ!

ސަފާރީއަކުން ކޮރޯނާއަށް ޝައްކުކުރެވޭ ދިވެއްސަކު ފެނިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ސަފާރީއަކުން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ފެނިއްޖެއެވެ.

ކޯވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އާކް ނޯބެލް ސަފާރީގައި ހުރި ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެމީހާގެ ނަތީޖާ ލިބެންދެން އެސަފާރީ އޮތީ މޮނީޓަރިންގެ ހާލަތައް ގެނެސްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ