އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި ވަތަނެއް ބަނޑަކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ!

މި ވަތަނެއް ބަނޑަކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ކޮވިޑް 19 ދިގުލައިގެން ގޮއްސި ނަމަ ދިވެހި ރާއްޖެ އަށް ބޮޑު ތަދުމަޑުކަމަކާއި ކުރިމަތިލާން ޖެހޭނެކަން ޤަބޫލުކުރަންވާނެ އެވެ. އެފަދަ ޙާލަތުގައި މާލޭގައި ކުއްޔަށް އުޅޭ އަތޮޅު ތެރޭ މީހުން އަނބުރާ އެމީހެއްގެ ރަށަށް ދާން ޖެހޭނެ އެވެ. ގިނަ މީހުން ރަށުގައި ވަންނާނެ ގެދޮރެއް ވެސް ނުހުންނާނެއެވެ. އެމީހުން މުޅި އުމުރު ކުރި މަސައްކަތުން ލިބުނު ފައިސާއިން ކުލި ދައްކާލަދައްކާލަ ތިބީ މާލޭގައެވެ. މި ފަދަ ނިކަމެތި ދުވަހެއް އަންނާނެ ކަމަކަށް އެއްވެސް މީހަކު ހިތަށްވެސް ނާރައެވެ. 

ދެން މި ދަތިން އަރައިގަތުމަށްޓަކައި މިހާރުއްސުރެއްވެސް މީހުން އުޅޭ ކޮންމެ ރަށެއްގައި ޙާއްސަ ސަރަހައްދެއްގައި މި ދަންނަވާ ގަސްތައް (ބަނބުކެޔޮ، ކަށިކެޔޮ، ކަނޑޫ، ރަނޑޫ، ބޮޑަވަކި، ބިންބި، ދޮނަޅަ، ޒުވާރި) އިންދުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ގޮތުގައި މި ދެންނެވި ގަސްތަކުން ލިބޭ ކާނާ ފުދެއެވެ. ފުޑް ސެކިއުރިޓީއޭ މިބުނީ ގިނަ ދުވަހަށް ހަލާކު ނުވެ ރައްކާތެރި ކަމާއެކީ ގެންގުޅެވޭ ޒާތުގެ ކާނާއަށްށެވެ. އެބައަކު ދިރިއުޅޭ ރަށެއްގައި ހުސްބިން އޮތްނަމަ ވީހާވެސް ގިނައިން އަވަހަށް ރުށް އިންދަންވީއެވެ.  

މި ދުނިޔެއަށް އަންނަ އިގްތިޞާދީ ހީނަރު ކަމުން ރާއްޖެއަށްވެސް އެކަމުގެ އަސަރު ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، އެތައް އިގްތިޞާދީ މަސައްކަތްތައްވަނީ ހުއްޓިފައެވެ. މީވާ ހަމައެކަނި ޓުއަރިޒަމް އަށް ބަރޯސާ ވެގެން އޮވެވޭކަށްނެތެވެ. ބޭރު ފައިސާ ލިބޭނެ އެހެން ގޮތްތައްވެސް ހޯދަން ޖެހެއެވެ.  

ކުރިއަށް އޮތްތަނުގައި އިގްތިޞާދު އަނބުރާ ކޮޅަށް ޖެހުމަށްޓަކައި މި ދަންނަވާ ކަންތައްތައް:

1. ޤައުމީ ޝިޕިން ލައިންއެއް އުފެއްދުން. ޤައުމީ ޝިޕިން ލައިންއެއް އުފެއްދިއްޖެނަމަ، ދިވެހިރާއްޖޭގެ ވިޔަފާރިވެރިން ބޭރު ޝިޕިން ކުންފުނިތަކަށް ކޮންމެ ކޮންޓެއިނާއަކަށް އެ ދޭ ބޭރު ފައިސާ ރާއްޖޭގެ އިގްތިޞާދުތެރެއަށް ވަދެ ހުންނާނެ އެވެ.

2. ބޯޓު ތަކާއި ކުރޫޒްލައިނާ ތަކުން ރާއްޖޭގެ ސީމަނުންނަށް ވަޒީފާ ހޯދައިދިނުން. އަޅުގަނޑު މިހެންމިބުނީ ދިވެހި ސީމަނުންގެ މުސާރަ އަނބުރާ އަންނާނީ ދިވެހި ރާއްޖޭގެ ބޭންކް ތަކަށެވެ. ބޭންކްތަކުން އެ ފައިސާ އިގްތިޞާދުގެ ތެރެއަށް ދައުރުވާނެ އެވެ. 

3. ދިވެހި ރާއްޖެ އިން ކަނޑުމަހާއި، ފަރުމަހާއި، ދިރޭ ކުދި މަސް އެކްސްޕޯޓު ކުރެވޭނެ އާ މާކެޓެއް ހޯދާ އެކަން ފެށުން.

4. އެންމެ ފަހުކަމަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ދިވެހިންގެ އިސްލާމީވަންތަކަން ނުގެއްލޭނެ ގޮތަށް މުޅި ރާއްޖެއަށް ފަތުރާލުން.

 

(މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ އޭނާގެ ޚިޔާލެވެ!)

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް