އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ކޮރޯނާ ވަޞިއްޔަތް! މަންމަ ގަދަވެ ހުންނާތީ އުނދަގޫވާނަމަ މެޝިނުގަ އޮންނަން ނުޖައްސާ ވަޅިއަކުން ކަރު ބުރިކޮށްލަ ދީބަލަ!

މަންމަގެ ކޮރޯނާ ވަޞިއްޔަތް! މަންމަ ގަދަވެ ހުންނާތީ އުނދަގޫވާނަމަ މެޝިނުގަ އޮންނަން ނުޖައްސާ ވަޅިއަކުން ކަރު ބުރިކޮށްލަ ދީބަލަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ގޭގައި މަޑުކުރަން އަންގާފައި އޮތް ނަމަވެސް ޝަކީބް ހެނދުނު ތެދުވެ ފެންވަރައިގެން ނުކުމެ ރައްޓެހިންނަށް ޒިޔާރަތްކޮށްލަން ބުރެއް ޖަހައިލުމަކީ ކުރަމުން އަންނަ ކަމެކެވެ. 

ޝަކީބް އިއްޔެ ހެނދުނު ފެންވަރައި ހަދައިގެން ނުކުންނަންވެގެން ސައިކަލް ތަޅުދަނޑި ނެގިއިރު ތަތްކޮށްފައި އޮތް ކަރުދާސްކޮޅެއްގައިވެއެވެ. "ލޯބިވާ ދަރިފުޅާއެވެ! މަންމަ ގަދަވެ ހެޔޮ ޙާލުގައި ދިރިހުންނާތީ އުނދަގޫވާނަމަ މަންމަ ގެންގޮސް މެޝިނަށް (ވެންޓިލޭޓަރަށް) ލައި އެއިގައި ބާއްވައިގެން މަންމައަށް އަނިޔާކުރަން ނުހަދައި ވަޅި ހިފައިގެން އައިސް މަންމަގެ ކަރުބުރިކޮށްލައިދޭށެވެ! މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ! ދަރިފޫޅުމެންނަށް އުފާވެރިކަން ލިބިއްޖެ ނަމަ މަންމައަށް ފުދި އިތުރުވީއެވެ." 

ނޯޓު ކިޔުމުން ޝަކީބަށް ލިބުނީ ވަރަށް ހައިރާންކަމެކެވެ. އޭނާ ވެސް އަދި މަންމަގެ ހުރިހާ ކުދިންވެސް މަންމަ ޢާއިމެދު ކަންކަން ކުރަނީ ވަރަށް ލޯބިން ކަމަށްވާތީއެވެ! ދެން ދޮށީ ދައްތަމެންނާއި ހުރިހާ ބެއިން މަޝްވަރާކުރުމަށްފަހު އެންމެން އެކުގައި ގޮސް މަންމަ އުނދޯލީގައި އިންދައި ސުވާލު ކުރިއެވެ! އެކުދިންނަށް ކުރެވުނު ކުށަކާއިމެދުގައެވެ. އެފަދަ ވާހަކައެއް ބުނަން ޖެހުނީ ކޮން ކުއްޖަކަށް ކޮން ކަމެއް ގޮސްކޮށް ކުރެވިގެންތޯއެވެ! 

މަންމަ ކިޔައި ދިނެވެ! "އެވަރަށް އެމީހުން އަންގާއިރު ގެއިން ބޭރަށް ތިއަ ދަނީ އެކިޔާ ކޮރޯނާ ވައިރަސް ބަލައި ނޫން ހެއްޔެވެ؟ އެގެނެސް ޖެއްސުވީމާ މަންމަމެން މުސްކުޅި އުމުރުގެ މީހުން އެ ލަނީ މެޝިނެއްތޯ އެއްޗަކަށެވެ! ދެން ޖެހޭނީ ފުރޮޅިވެސް ނުލެވި ވާގޮތެއް ވަންދެން އެއިގައި އޮންނާށެވެ! ތިއަދަރިންވެސް މާމަ ދަރިންވެސް ނުފެންނާނެއެވެ! ވީމާ މަންމަ މެޝިނަށް ލައްވައިގެން މަރަން ކޮރޯނާ ވައިރަސް ގެނެސް މަންމައަށް ޖެއްސުވުމުގެ ބަދަލުގައި ވަޅިހިފައިގެން އައިސް މަންމަގެ ކަރު ބުރިކުރަންވީ ނޫންހެއްޔެވެ؟ ކިތަންމެ ކޮށީ ވަޅިއަކުން ބުރިކުރި ނަމަވެސް "އުފް" ވެސް ނުބުނާނަމެވެ!" 

ކޮންމެއަކަސް މިކަމެއް ހިނގައިފިއެވެ. މަންމަގެ ދިން ފިލާވަޅުން ދަރިން ޢިބްރަތް ޙާޞިލުކޮށްފިއެވެ. އެއިގެ ފަހުން މިހާރު 8 ދުވަސް ފާއިތުވީއެވެ. އެގޭގެ އެއްވެސް މީހަކު މިއަދާއި ހަމައަށް މާސްކް އަޅައިގެން މާރުކޭޓަށް ދިއުމަށް ނޫން ގޮތަކަށް ބޭރަކަށް ނުދެއެވެ. ޝަކީބްވެސް މުޅިން ބަދަލުވީއެވެ! 

މިއީ މިއަދު ހަމަ ޢާއިލާއަކަށްވެސް ޢިބްރަތަކަށްވާނެ ވާހަކައެއް ކަމަށް ބެލެވެއެވެ! ދަރިން މިއަދު އެމީހުންގެ އުފާވެރިކަމަށްވުރެ އިސްކަން ދޭން ޖެހިފައިވަނީ މައިންބަފައިންގެ ސަލާމަތާ ރައްކައުތެރިކަމަށެވެ! މާލޭގައި އަދި ބަލި ފެނިފައި ނެތުމަކީ މިއަދުވެސް އިތުރުވެ އުތުރި އަރައި ނުގަންނާނެ ކަމަށް ޔަޤީންކަން ލިބޭ ސަބަބެއް ނޫންކަން އެހެން ޤައުމުތަކުގައި ކަންކަން ހިނގައި ދިއަގޮތުން މިއޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ!  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް