އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިންގެ ސަލާމަތަށް ގޭގަ ބައިތިއްބާފަ ބޭރަށް ނުކުންނަންޖެހޭ ޙާލަތުގަ މައިންބަފައިންނަށް ރައްކާތެރިކަން ލިބޭނެ ގޮތަށް އަމަލުކުރާށެވެ!

މައިންބަފައިންގެ ސަލާމަތަށް ގޭގަ ބައިތިއްބާފަ ބޭރަށް ނުކުންނަންޖެހޭ ޙާލަތުގަ މައިންބަފައިންނަށް ރައްކާތެރިކަން ލިބޭނެ ގޮތަށް އަމަލުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައި މިހިރަ ގޮތުން ގެއިން ބޭރަށް ނުނުކުމެ ގޭތެރޭގެ ކަންކަން ހަމަ ޖެއްސުމަކީ ފަސޭހަކަމެއް ނޫނެވެ. އެގޮތުން ކަންމަތީ ފިހާރަށް، މާރުކޭޓަށް ވެސް ގޮސް ނުލައި ތިބެވޭކަށް ނެތެވެ.

މިހާލަތުގައި ގިނަ ދަރިން އެމީހުންގެ މައިންބަފައިންގެ ރައްކައުތެރިކަމަށްޓަކައި ގެއިން ނެރެން ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ކޮށްދޭން ޖެހޭ ކަންކަން އެކުދިން ކޮށްދީގެންވެސް މައިންބަފައިން ގޭގައި މަޑުކުރުވާށެވެ! މައިންބަފައިންނަށް ރައްކައުތެރިކަން ހޯދައިދޭށެވެ! 

މިޙާލަތުގައި ދަރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް އެބައޮތެވެ! މިސާލަކަށް ގެއިން ނުކުތް ބޭނުން ފުއްދައިގެން ވީހައި އަވަހަކަށް އެނބުރި ގެއަށް ވަނުމެވެ. ފިހާރައަކަށް ވަން ނަމަވެސް މާރުކޭޓަށް ދިއަ ނަމަވެސް މަސްކަނޑަން މަޑުކޮށްލި ނަމަވެސް 6 ފޫޓު ދުރުމިނުގައި ކެތްތެރިކަމާއިއެކު މަޑުކުރުމެވެ. ކޮންމެހެން އަތްލަން ނުޖެހޭ ތަންތަނުގައި އަތް ނުލުމެވެ. އެނބުރި ގެއަށް ވަނުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން އަތާއި މޫނުވެސް ރަނގަޅަށް ދޮވުމެވެ. 

ނުކުމެ އުޅުމުގައި ކޮންމެހެން ވާހަކަ ދައްކަންޖެހޭ މީހަކު ފެނިއްޖެ ޙާލަތުގައި މެނުވީ މީހުންނާ ވާހަކަދައްކަން މަޑުނުކުރުމެވެ. އަދި ކޮންމެހެން ވާހަކަދައްކަން ޖެހޭ މީހުންނާއިވެސް ވީހައި ކުރުކޮށް ވާހަކަ ދައްކައި އަވަހަށް އެނބުރި ގެއަށް ދާން މަސައްކަތް ކުރުމެވެ. ރަހްމަތްތެރިޔާއަށްވެސް ފައިދާ ބޮޑުވާނީ އެ ގޮތެވެ! 

މިކަންކަމަށް ސަމާލުކަން ނުދެވޭނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ! މައިންބަފައިންނަށް ރައްކައުތެރިކަން ހޯދައިދޭން ކުރެވުނު ކަންތަކުން ތިމާއަށާއި މައިންބަފައިންނަށްވެސް ހިތާމަވެރި ގޮތެއް މެދުވެރިވެދާނެއެވެ. ވީމާ އޮޓީ ބަލައި ވިސްނައި ހޭލުންތެރިވެގެން އުޅުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް