އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
އެމެރިކާގެ ދޮޅު ލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ކޮރޯނާ ޖެހި އަދި މިހާރުވެސް ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭއިރު އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވެދިނުން އީރާނަށް މަނާކުރާތީ އީރާނުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
އީރާނުން ބުނެފައިވަނީ އެމެރިކާއަށް އެހީތެރިވެދެވޭނެ ވަރަށް ގިނަ ގޮތްތައް އެބަހުރި ކަމަށާއި އެހީދޭން ބޭނުންވެގެން އެތައް ފަހަރެއްގެ މަތިން މިހާރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އިންސާފުން ބޭރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވެދެވެން ނެތީތީ ހިތާމަކުރާ ކަމަށެވެ.
އީރާނުން ބުނެފައިވަނީ އެމެރިކާގައިވެސް ތިބީ އިންސާނުން ކަމަށާއި އެމެރިކާގެ ޙާލަތު މިހައި ގޯސްވެގެންދާއިރު އެހީތެރިވެދޭން ބޭނުންވާ ކަމަށެވެ. އަދި ފޯރުކޮށްދޭ އެހީގެ ބަދަލުގައި އެއްވެސް އެހީއެއް އެމެރިކާއިން ބޭނުން ނުވާ ކަމަށެވެ.
އީރާނުގައި ކޮރޯނާ ޖެހުނު މީހުންގެ އަދަދަކީ 44,605 އެވެ. 27,051 މީހުންނަށް ދަނީ ފަރުވާކުރަމުންނެވެ. މަރުވި މީހުންގެ އަދަދަކީ 2,898 އެވެ. ސީރިއަސް ޙާލަތުގައި 3,703 މީހުން އެބަތިއްބެވެ.
Advertisement
31 މާޗް 2020