އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެއިން ލިބެމުން މިދާ އިންޒާރަށް ބިރުވެތިވެ ނަފްސް ނަރަކައިން ސަލާމަތްކުރަން ނޭނގުނު މީހަކަށް ތާޅަފިލީގެ އަޑުން އަސަރެއް ކުރާނެތަ؟

ދުނިޔެއިން ލިބެމުން މިދާ އިންޒާރަށް ބިރުވެތިވެ ނަފްސް ނަރަކައިން ސަލާމަތްކުރަން ނޭނގުނު މީހަކަށް ތާޅަފިލީގެ އަޑުން އަސަރެއް ކުރާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

"ރޭ އުފަލާ މަޖަލުގައި ނައިޓް ކްލަބުގައެވެ. ހާސްވުމާ ކަންބޮޑުވުމާއެކު މިރޭ ވެންޓިލޭޓަރުގައެވެ. ތައުބާ ނުވެވުނު މީހުން މިއަދު ކައްވަޅުގެ ޢަޛާބުގައެވެ." 

މިއީ ކޮރޯނާ ވައިރަސް ދުނިޔޭގައި އުތުރިގަތް ވަގުތު ގިނަ ޢައުމުތަކުން ފެންނަމުން ދިއަ ކަންކަމެވެ. ކޮރޯނާ ވައިރަސްގެ ވަބާ އެންމެ ނުރައްކާ ބޮޑުވެފައިވަނީ އެ ޤައުމުތަކުގައެވެ. ޔޫރަޕުގައި ކަންކަން މިމަގުން ހިނގައި ދިއައިރު ވެސް ޢިބްރަތް ޙާޞިލުނުކޮށް އެމެރިކާ އޮތީ ޣާފިލުވެ ކުޅިބަލާށެވެ! މިއަދު އެމެރިކާގެ ޙާލަތު ނިކަން ދެކެބަލާށެވެ! 

މީސްތަކުންނޭވެ! މުޅި ދުނިޔެއަށް މިއަދު ބޮޑު ވަބާއަކަށްވެފައި މިވާ ކޮރޯނާ ވައިރަސްއަށް ވާހަކައެއް ނުދެއްކެއެވެ! އެހެންކަމުން ދޭ މެސެޖުގެ އަޑު އިއްވުމުގެ ޤާބިލުކަން ވައިރަސްއަށް ލިބިފައެއް ނުވެއެވެ. ލިބިފައިވީނަމަ މިވާހަކަތަކާއި މިއަށްވުރެ މާވަރުގަދަ އިންޒާރުތަކުގެ އަޑު އިއްވީހެވެ! 

ހިތާމައަކީ އަދިވެސް މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިކަންކަން ނުވިސްނޭ ކަމެވެ. ގޭގައި މަޑުކުރަން ޖެހުމުންވެސް ހެޔޮ އަމަލުތައް ކުރުން ދޫކޮށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމުގައި ވަގުތުތައް ހޭދަކުރެވޭ ކަމެވެ. ތައުބާވުން ގިނަކޮށް އިސްތިޣްފާރުކުރަން ވިސްނައިވެސް ނުލެވޭކަމެވެ. އެންމެ ކުޑަމިނުން މިހާލަތުގައިވެސް ފަރުޟު 5 ނަމާދަށްވެސް ރައްކައުތެރި ނުވެވޭ ކަމެވެ. 

މީސްތަކުންނޭވެ! އާދޭސްކުރަމެވެ! އާދޭސްތަކުރާރުކޮށް ސަލާން ޖަހަމެވެ! ދުނިޔޭގައި މިވަގުތު ހިނގަމުން މިދާ ކަންކަމަށް ފުންކޮށް ވިސްނައިލާށެވެ! ފައިސާ އާއި އާރާއި ބާރު ހުރެގެން ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ މުޅި ދުނިޔެ މިވަނީ ބަލިކަށިވެ ނިކަމެތިވެ އިނދަޖެހިފައި ނޫންހެއްޔެވެ؟ ތެދުވެ ހިންދެމިލާނެ ބާރުވެސް އޮތީ ކާކަށް ހެއްޔެވެ؟ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތައާލާކަން ޤަބޫލުކުރަން މިވަރުންވެސް ނުފުދެނީ ހެއްޔެވެ؟ 

މިހާރު ދުނިޔޭގައި ހުރެ މިކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވުނު މީހަކަށް ޢިބްރަތް ޙާޞިލުކުރެވޭނެ ދުވަހެއް ފެންނާނެކަމަށް ބުނެވޭކަށް ނެތެވެ! ފެންނަމުން މިދާ ކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވުނު މީހަކަށް ތާޅަފިލީގެ އަޑު އިވުނު ނަމަވެސް ކަމެއް ވިސްނޭނެކަން ވެސް ޤަބޫލުކުރެވޭކަށް ނެތެވެ! 

މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލުކުރާށެވެ! ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ އަމިއްލަ ނަފްސާއި ޢާއިލާ ނަރަކައިން ސަލާމަތްކުރުމަށެވެ! އަވަސްވެގަންނަންވީ ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށެވެ! ވައިރަސްގެ ޝިކާރައަކަށް ތިމާ ނުވާނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވައިރަސްގެ ޝިކާރައަކަށް ނުވިނަމަވެސް މަރުވާނެ ވަގުތު އެނގެނީ ކާކަށް ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް