އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތި ޙާލުގަ ކެތްތެރިވާ އަނބިމީހާ އަށް ދެރަ ގޮތެއް ނަހަދަން ﷲ ވަނީ އަންގަވާފަ!: ޑރ. ޝަހީމް

ދަތި ޙާލުގަ ކެތްތެރިވާ އަނބިމީހާ އަށް ދެރަ ގޮތެއް ނަހަދަން ﷲ ވަނީ އަންގަވާފަ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ތިމާ އަށް ދަތހާލަތެއް މިންވަރުކުރައްވަވައިފިނަމަ އެ ހާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ނުހަދާށެވެ! އެފަދަ އަންތބަކު ދޫކޮށްނުލާށެވެ!

ދުނިޔެއަށް ކުރިމަތިވެފައި މިވަނީ ވަރަށް ދަތި ޙާލަތެކެވެ. މިޙާލަތުގައި ވަރަށް ބޮޑެތި ދަތިތައް އުފުލަން ޖެހިދާނެއެވެ. މުޞީބާތްތަކަށް ކެތްތެރިވާންޖެހޭނެއެވެ. ވީމާ މިފަދަ ދަތިޙާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ!

މިއީ ހުރިހާ ފިރިހެނުންނަށް އަޅުގަނޑުކުރާ ވަޞިއްޔަތެކެވެ.

އައްޔޫބްގެފާނުގެ ތަނަވަސްކަން ގެއްލިވަޑައިގެން އަދި އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އނބިކަނބަލަކު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރެއްވެވިއެވެ. އެކަލޭގެފާނުގެ އަރިއަހުގައި ދެމިހުންނެވި އަނބިކަނބަލުން އެކަލޭގެފާނަށް ފަރިއްކޮޅު އެރުވުމަށްޓަކައި ގޭގޭގައި ނޯކިރީކޮށްދެއްވައިގެން ތަކެތި ހޯއްދެވިއެވެ.

ދެމަފިރިކަނބަލުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުމުގެ ކަމެއް ވެސް ހިނގިއެވެ. ﷲ ތަޢާލާ އައްޔޫބްގެފާނަށް އެންގެވީ އެކަމަނާއަށް ރަޙުމް ކުރެއްވެވުމަށެވެ. އެކަމަނާއަށް ދެރަ ގޮތެއް ނުހެއްދެވުމަށެވެ. އެކަމަނާ ދޫކޮށް ނުލެއްވެވުމަށެވެ.

މިއީ އަހަރެމެން އެންމެންވެސް ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން ޖެހޭނެ އުޞޫލެވެ. ކަންކުރަންޖެހޭނެ ގޮތެވެ! ވީމާ މުޅި ދުނިޔެއަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ މިފަދަ ވަގުތެއްކައި މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ހުރިހާ ފިރިހެނުންނަށް ވަޞިއްޔަތް ކުރަމެވެ.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޑރ. ޝަހީމް މިމޭރުމުން ނަޞޭޙަތްތެރިވެވަޑައިގެންފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ފެނިގެން ދިއައީ ތިމާއަށް ސިޔާސީ ޕްލެޓްފޯމެއް ލިބުމުން ޝުކުރުވެރިވުމުގެ ބަދަލުގައި އަދިވެސް މަތީ އަންހެނަކާއި ކައިވެނިކުރަން ބޭނުންވެގެން ތިމާ ޙާލުގައި އުޅުނުއިރު ތިމާ އާއިއެކު ކެތްތެރިވި އަނބިމާ ދެއަންތބަށް ނަމަވެސް ބައިންދައިދިނުން އެދި އާދޭސްކުރަމުން ދަނިކޮށް ވަރިކޮށް އެއްލައިލި ތަނެވެ. ދުވަސްކޮޅެއް ފަހުން ފެނުނީ ދެމަފިރިންވެސް ބާކީވެގެން ދިއަ ތަނެވެ. އެއްވެސް ހައިޞިއްޔަތެއް ނެތް ބައަކަށް ބަދަލުވެގެން ދިއަ ތަނެވެ.

މިހާރުވެސް ދަނީ ހަމަ އެފަދަ ގޮތްގޮތަށް ކައިވެނިތައް ކުރެވޭ މަންޒަރުތަކެވެ. މިއީ ތނަވަސްކަމާއި ސިޔާސީ ގޮތުން މަތީ މަޤާމުތައް ލިބުމުން ވިސްނައިލަން ޖެހޭނެ ކަންކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް