އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޞިބާތްތަކުން ސަލާމަތްވުމަށާ މާލީ ދަތިކަމުން ސަލާމަތްވުމަށްވެސް ނަމާދުކުރުން ގިނަކުރާށެވެ!

މުޞިބާތްތަކުން ސަލާމަތްވުމަށާ މާލީ ދަތިކަމުން ސަލާމަތްވުމަށްވެސް ނަމާދުކުރުން ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މިއަދު ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ކޮރޯނާ ވައިރަސްގެ ވަބާއިން ސަލާމަތްވެ ހުރުމަށެވެ. ކުރިމަތިވެދާނެ މާލީ ދަތިކަމަކުން ސަލާމަތްވެ ފުދުންތެރިކަމުގައި ހުރުމަށެވެ. މިފަދަ ހުރިހާ ކަމަކަށް އެދިގެންވެސް ފުރަތަމަ ކަމަކަށް ކުރަންވީ ނަމާދެވެ! ރައްކައުތެރިވާންވީ ފަރުޟު 5 ނަމާދަށެވެ. ވާގިއެދެން އޮތީ ނަމާދުންނެވެ. 

ﷲ ތަޢާލާގެ މި ވަހީ ބަސްފުޅު މިކަމުގެ ދަލީލަކަށް ފުދެއެވެ. 

އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ. (އަލް ބަޤަރާ: 45) 

މީސްތަކުންނޭވެ! ކުރިމަތީގައި މިއޮތީ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. މިއިމްތިޙާނުން ފާސްވުމަށް އެންމެންވެސް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެކަމަށް އޮތީ ކެތްތެރިވުމާއި ނަމާދުން ވާގިއެދުމެވެ. އެކަން އުނދަގޫކަމަށްވެގެން މިއުޅެނީ ﷲ ތަޢާލާއަށް ބިރުވެތިވެ ހިތްތައް މަޑުމޮޅި ނުކުރެވޭތީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް