އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީގަ ޤަވާއިދުތަކާ ޚިލާފުވެ ކޮރޯނާ ފެތުރިދާނެ އަމަލު ކުރާ މީހުން ޖުރުމަނާކޮށް 5 އަހަރަށް ޖަލަށްލައި ބަދަލުވެސް ނަގަން ނިންމައިފި!

ސައުދީގަ ޤަވާއިދުތަކާ ޚިލާފުވެ ކޮރޯނާ ފެތުރިދާނެ އަމަލު ކުރާ މީހުން ޖުރުމަނާކޮށް 5 އަހަރަށް ޖަލަށްލައި ބަދަލުވެސް ނަގަން ނިންމައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ކޮރޯނާ ވައިރަސް ހުރި ކަމަށް ބެލެވޭ މީހަކު ނުވަތަ އެނޫން މީހަކު ނަމަވެސް ހެލްތް މިނިސްޓްރީގެ ޤަވާއިދުތަކާއި ޚިލާފުވެ އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ 1 ލައްކަ ރިޔާލައިން ޖުރުމަނާ ކުރުމަށާއި 5 އަަހރު ދުވަހަށް ޖަލަށްލާން ސައުދީ ސަރުކާރުން ނިންމައިފިއެވެ. 

ސައުދީ ސަރުކާރުން ބުނެފައިވަނީ ބަލި ކޮންޓްރޯލްވޭނީ އެންމެންވެސް ޤަވާއިދުތަކަށާއި އަމުރުތަކަށް ކިޔަމަންވެގެން ކަމަށާއި އެއްވެސް މީހަކު ޤަވާއިދާއި ޚިލާފުވެއްޖެ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. 

މީގެ އިތުރުން އެމީހަކު ޤަވާއިދާއި ޚިލާފުވުމުން މީހަކަށް ބަލިޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ބަދަލުގެ ގޮތުގައި ނައިގައިދޭން ކޯޓުން ނިންމާ ނިންމުންތައް އެއީ އިތުރު ކަމެއް ކަމަށްވެސް ޕީޖީ ވަނީ ހާމަކޮށްފައެވެ. މީގެ މާނައަކީ ޖުރުމަނާ އާއި ޖަލު ޙުކުމް ތަންފީޒުކުރުމުގެ އިތުރުން ގެއްލުން ލިބޭ މީހުންނަށް ބަދަލުވެސް ދޭން ޖެހޭނެ ކަމެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް