އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޕްރިލް މަސް ނިމޭއިރު ސައުދީގަ ކޮރޯނާ ވައިރަސްގެ ހާލަތު ހަމައަކަށް އެޅޭނެ!: ޑރ. ޙާތިމް މަޚްތޫމް

އެޕްރިލް މަސް ނިމޭއިރު ސައުދީގަ ކޮރޯނާ ވައިރަސްގެ ހާލަތު ހަމައަކަށް އެޅޭނެ!: ޑރ. ޙާތިމް މަޚްތޫމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ހިނގަމުން މިދާ އެޕްރިލް މަސް ނިމޭހައި ތަނުގައި ސައުދިޢަރަބިޔާގައި ކޮރޯނާ ވައިރަސްގެ ޙާލަތު ހަމައަކަށް އެޅިގެންދާނެ ކަމަށް ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ސައުދިން އުފައްދާ ވެކްސިން އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ޑރ. ހާތިމް މަޚްތޫމް ވިދާޅުވެއްޖެއެވެ. 

ޑރ. ހާތިމް ވިދާޅުވީ ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ނަތީޖާ ވެސް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

ޑރ. ހާތިމް ވިދާޅުވީ އަތްތިލަ ނުވަތަ އިނގިލިތަކުން ކޮރޯނާ ވައިރަސް ޖެހެނީ ވައިރަސް ހުރި ތަނެއްގައި އަތްލެވިފައި އަތް ނުދޮވެ މޫނުގައި، ލޮލުގައި ނޭފަތުގައި އަތްލެވުން ފަދަ ކަންކަން ކުރެވޭތީކަމަށެވެ. އެހެން ނޫން ނަމަ ނާރާނެ ކަމަށެވެ. ފިހާރަތަކަށް ގޮސް ނުވަތަ އެނޫންވެސް ގިނަ މީހުން އަތްލާ ތަންތަނުގައި އަތްލައި ހަދާނަމަ ތުނި ނަމަވެސް އަންގި ލައްވައިގެން އަތްލައި ސަލާމަތް ގޮތަކަށް އަންގި ނައްތައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

ސައުދިޢަރަބިޔާގެ މިވަގުތުގެ ޙާލަތަށް ބަލައިފިނަމަ ބަލި ޖެހުނު މީހުންގެ ޢަދަދަކީ 2,523 އެވެ. މަރުވި މީހުންގެ އަދަދަކީ 38 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދަކީ 551 އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް