އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ސަމާލުކަން ނުދީފި ނަމަ ކޮރޯނާ ޖެހޭ މީހުންގެ އަދަދު 2 ލައްކައަށް އަރައިފާނެ!: ސައުދީ ހެލްތް މިނިސްޓަރު

ރައްޔިތުން ސަމާލުކަން ނުދީފި ނަމަ ކޮރޯނާ ޖެހޭ މީހުންގެ އަދަދު 2 ލައްކައަށް އަރައިފާނެ!: ސައުދީ ހެލްތް މިނިސްޓަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޞިޢްހީ އިދާރާތަކާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ރައްޔިތުން ސަމާލުކަން ނުދީފި ނަމަ ސައުދީގައި ކޮރޯނާ ޖެހޭ މީހުންގެ އަދަދު 2 ލައްކައަށް އަރައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ހެލްތް މިނިސްޓަރު ޑރ. ތައުފީޤް އަލް ރާބިޢާ ވިދާޅުވެއްޖެއެވެ.    

ޑރ. ތައުފީޤް އަނގާރަ ދުވަހު ވިދާޅުވީ ސައުދީ ސްޕެޗަލިސްޓުންނާއި ބޭރުން ގެނެސްފައި ތިބި މާހިރުން ލަފާކުރާ ގޮތުގައި ރައްޔިތުން އެކަށީގެންވާވަރަށް ސަމާލުކަން ނުދީފި ނަމަ ކުރިއަށް އޮތް ހަފްތާތަކުގައި ކޮރޯނާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 10000 އާއި 200،000 އާއިދެމެދުގެ އަދަދަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. 

ޑރ. ތައުފީޤް ވިދާޅުވީ ބޭހާއި ފެސިލިޓީ ހަމަކުރަން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް ރައޔިތުންގެ ފަރުވާ ކުޑަކަމުން ފެތުރިގެންދާ ގޮތް މެދުވެރިވެއްޖެނަމަ ވަރަށް ގިނަ ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ. 

ޑރ. ތައުފީޤް މިމޭރުމުން އިންޒާރުދެއްވާފައިވާއިއރު މިވަގުތާއި ހަމައަށް ސައުދީގައި ޕޮޒިޓިވްވެފައިވަނީ 2,795 މީހުންނެވެ. މަރުވީ 41 މީހުންނެވެ. ފަރުވާ ކުރަމުން ގެންދަނީ 2,426 މީހުންނަށެވެ. މިމަހުގެ ފަހުކޮޅު ފެތުރުން ކޮންޓްރޯލްވާން ފަށާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް