އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބުނު ފުރުޞަތަކީ އަވަހަށް ނިދައި ދަމު ނަމާދަށް ހޭލަން ފަރިތަވުމުގެ ފުރުޞަތަކަށް ހަދާށެވެ!

ލިބުނު ފުރުޞަތަކީ އަވަހަށް ނިދައި ދަމު ނަމާދަށް ހޭލަން ފަރިތަވުމުގެ ފުރުޞަތަކަށް ހަދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކޮންމެ ދުވަހަކު 5 ވަގުތު މިސްކިތަށް އަރައި އުޅުނު މީހުންނަށް މިއީ ވަރަށް ހިތާމަވެރި ވަގުތެކެވެ. ގިނަ ޤައުމުތަކުގައި މިސްކިތްތައް އެވަނީ އެއްކޮށް ތަޅުލައި ނުވަދެވޭނެ ގޮތް ހަދައިފައެވެ. މިއަދުގެ ޙާލަތުގައި އެނޫން ގޮތެއް ނެތުމުންނެވެ! 

މިއީ މިސްކިތްތަކުގެ އަހުލުވެރިންނަށް ލިބުނު އެންމެ ބޮޑު މާޔޫސްކަމެވެ. މިސްކިތުގައި ފަރުޟު 5 ނަމާދު ޖަމާއަތުގައި ކުރަމުން އައި މީހުންނަށް ގޭގައި ނަމާދުކުރަން ޖެހުމުން ލިބޭނެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެކަން މިގެންދަނީ އިޙްޞާޞްވެސް ކުރަމުންނެވެ. އެކަނި ހުރެ ނަމާދެއް ކުރުމުން ނަމާދެއް ކުރެވުނުކަމުގެ އިޙްޞާޞް ވެސް ނުކުރެވެއެވެ. ޖަމާޢަތުގައި ނަމާދުކުރުމުން ލިބޭ ހިތްހަމަޖެހުމެއް ނުލިބެއެވެ. 

ވީމާ އަހަރެންގެ ނަޞޭޙަތަކީ ހެޔޮ އަމަލުތައް ކުރުން އިތުރުކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުމެވެ. ކެތްތެރިވާން މަސައްކަތްކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ. މުސްލިމުންގެ ދުޢާއިން ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

ގޭގައި މަޑުކުރަން ޖެހިފައިވާ މިވަގުތަކީ ކުރިން އިހްމާލުވެވެމުން އައި ކަންކަން އިޞްލާޙް ކުރުމުގެ ވަގުތައް ހަދާށެވެ! ޙަޔާތުގެ ހުރިހާ ކަމެއް ބަދަލުކޮށްލާ ވަގުތައް ހަދާށެވެ! އަވަހަށް ނިދައި ދަމުނަމާދަށް ހޭލަން ތަމްރީނު ލިބިގަތުމުގެ ފުރުޞަތަށް ހަދާށެވެ! ތިމާ އާއި އަނބިދަރިން ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ވަގުތަށް ހަދާށެވެ! 

ކުރިން ޖަމާއަތަށް ދާން ތައްޔާރުވި ފަދައިުން މިހާރުވެސް ނަމާދު ވަގުތައް ތައްޔާރުވާށެވެ! ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނާށެވެ! ގޭގައި ކުރާތީ ޛިކުރް ތަސްބީޙަ ކިޔުމާއި ދުޢާ ކުރުމާއި ރަވާތިބު ސުންނަތްތައް ދޫކޮށްނުލާށެވެ! ހަމަ މިސްކިތުގައިވެސް ކުރި ފަދައިން އެކަންކަން ކުރަމުން ގެންދާށެވެ. 

ބައެއް ގެތަކުގައި ޖަމާޢަތުގައި ނަމާދުކުރާނެ ޖާގަ ނެތިދާނެއެވެ. ޖާގަ ނެތް ނަމަ އެކަނިވެސް ކުރާށެވެ! ނަމާދު ނިމުމުން ދެވަަނ މީހާއަށް ފުރުޞަތުދީފައި ޛިކުރުކުރަން އެހެން ތަނަކަށް ބަދަލުވާށެވެ! މުސއްލަމަތިން ތެދުވަންޖެހުނު ސަބަބު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ސަވާބުން މަދެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް