އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ރަނގަޅަށް ވިސްނައިފި މީހަކަށް އިބުރަތެއް! ތަޢުބާވުމަށް އަވަސްވެ ގަނޭ!

މިއީ ރަނގަޅަށް ވިސްނައިފި މީހަކަށް އިބުރަތެއް! ތަޢުބާވުމަށް އަވަސްވެ ގަނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އެމަނިކުފާނުގެ ވަރަށް ފަހުގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

"މިހާރު އަހަރުމެންނަށް ފެންނަމުން މިދަނީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބަލިމަޑުކަމެކެވެ.

މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އަހަރުމެންނަށް ދުވަހަކުވެސް މީގެކުރިން ވިސްނިފައެއް ނުވެއެވެ.

މިއީ އަހަރުމެންނަށް ހުރި އިމްތިހާނެއްގެ ގޮތުގައި ނުފުދޭ ހެއްޔެވެ؟ މިވާ ކަންތައްތަކުގެ ސަބަބުން ބިރުގަނެ، ވިސްނާ ފިކުރުކޮށް އަހަރުމެންގެ ޢަމަލުތައް ހެޔޮ ގޮތްގޮތަށް ބަދަލު ނުކުރެވޭނެނަމަ، އަހަރުމެން ބަދަލުވާނީ ދެން ކޮންކަމަކުން ހެއްޔެވެ؟

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ. މިއަދު އަހަރެން ދޭން މިއުޅޭ ޚުތުބާއަކީ ވަރަށް ވެސް ތާރީޚީ ޚުތުބާއެކެވެ. މިފަދައިން ހުހަށް ހުރި މިސްކިތެއްގައި އަހަރެން އަދި ދުވަހަކުވެސް ޚުތުބާއެއް ނުދެމެވެ. ނަމަވެސް މިއަދު އަހަރެން މިޚުތުބާ ދެނީ އެއްކޮށް ހުހަށްހުރި މިސްކިތެއްގައެވެ.

ހަމަޔަގީނުންވެސް މިފަދައިން ކަންކަންވުމުގެ ވަރަށް ބޮޑު ސަބަބެއްވެއެވެ. މިއީ އަހަރުމެންނަށް ހުރި ހަނދުމަކޮށްދިނުމެއްކަން ޔަގީނެވެ.

ސޫރަތުލް އަންފާލްގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

'އެއީ ބަޔަކު މީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތެއް، އެބަޔަކުގެ އަމިއްލަ ނަފްސުތަކުގައިވާ ކަންތައް އެބަޔަކު އަމިއްޔައަށް ބަދަލު ކޮށްލުމަށް ދާންދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.'

ކޮރޯނާ ވައިރަސްގެ ސަބަބުން މިވަނީ މިހާރު މިފަދަ ކިތަންމެ ކަމެއް ބަދަލުވެފައެވެ. ބޭނުން އިރަކު ބޭނުންތަނަކަށް، އެއްވެސް އިތުރު ރައްކާތެރިކަމަކާނުލާ ވެސް ދެވުމުގެ ބާރު މިވަނީ ބަދަލުވެފައެވެ. އަހަރުމެންގެ ވަށައިގެންމިވަނީ ބިރުވެރިކަމެވެ. މަރު އަހަރުމެންނާއިހުރީ ވަރަށް ގާތުގައިކަމުގެ ބިރުވެރިކަން މިވަނީ ހިތްތަކުގައި އުފެދިފައެވެ.

އަހަރުމެންނަށް މިފަދައިން ކަންކަން މިވަނީ ކީއްވެގެންތޯ ސުވާލު ކޮށްލަން މިއީ ރަނގަޅު ވަގުތެކެވެ. ހުހަށްހުރި މިސްކިތެއްގައި ޚުތުބާ ދޭން މިޖެހެނީ ކީއްވެގެންތޯ ވެސް އަމިއްލަ ނަފްސާއި ސުވާލު ކޮށްލާށެވެ. މިސްކިތައް ބަންދު ކުރެވިފައިމިވަނީ ކީއްވެގެންތޯ ސުވާލު ކޮށްލާށެވެ. ވިޔަފާރިތަކާއި އިޤްތިސާދު ދަށަށް ދާން މިޖެހުނީ ކީއްވެގެންކަން ވިސްނާށެވެ. 

އަހަރުމެންނަށް ހީކުރެވުނީ އަހަރުމެންނަށް މިތިބެވުނީ އެންމެ މަތީގައި ކަމަށެވެ. އަހަރުމެންނަށް ހީވީ އަހަރުމެންނަށް މިތިބެވުނީ ތަރައްޤީގެ އެންމެ ކުރީ ސަފުގައި ކަމަށެވެ.

ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިވަނީ ހުރިހާ ކަމެއް ބަދަލުވެފައެވެ. އަހަރުމެންގެ ތެރެއަށް މިވަނީ، އައިސްފާނެ ކަމަށް އެކަކަށްވެސް ކުރިން ހީކޮށްފައިނުވާ، ބަލިމަޑުކަމެއް އައިސްފައެވެ. އަދި މިކަމުން ސަލާމަތްވެވޭނެ ބޭހެއް ނުވަތަ ފަރުވާއެއް ވެސް އަދި އަހަރުމެންނަށް ހޯދިފައެއް ނުވެއެވެ.

މިއީ ކީއްވެގެން ދިމާވި ކަމެއް ހެއްޔެވެ؟ މާތް ﷲ ކީރިތި ޤުރްޢާނުގައި އަޅަމެންނަށް ހަނދުމަ ކޮށްދެއްވާފައިވެއެވެ. 

'މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.' (ޤުރްއާން 30:41) 

ނުބައި ޢަމަލުތައް ކުޅަ މީހެއްގެ ނުވަތަ ބައެއްގެ ސަބަބުން ބިމުގައި ފަސާދަ އުފެދޭނެއެވެ. މިއީ ގިނަ މީހުން ބުނާ އެއްޗެއް ނޫނެވެ. އަދި މިފަދައިން ބުނާ މީހަކު ގިނަ މީހުންނަށް ގޯސްވެއެވެ. ދީނީ ޢިމްލުވެރިއަކު މިފަދައިން ބުނެ ޢަމަލުތައް ރަނގަޅު ކުރުމަށް ނަސޭޙަތްތެރިވެއްޖެނަމަ އެމީހަކާއި ދިމާލަށް އެއްޗެހި ގޮވާ ހަޖޫޖަހައެވެ. 

ނަމަވެސް މިއީ ހަގީގަތެވެ. އިމްތިޙާނެއް ނުވަތަ ކޯފާއެއްގެ ގޮތުގައި މެނުވީ މާތް ﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް އެއްވެސް ބަލިމަޑުކަމެއް ނުފޮނުވަތެވެ.

މުސްލިމު އަޚުންނާއި އުޚްތުންނޭވެ. މާތް ﷲ އަށް ތަޢުބާވުމަށް އަވަސްވެގަންނާށެވެ. މިއީ ބޮޑާވެ ކިބުރުވެރިވުމުގެ ފާފަ ކުރަންވީ ވަގުތެއް ނޫނެވެ. އަޅަމެންނަށް އެކަލާނގެ ބޭނުމެއް ނުވެއޭ ހީވުމުގެ ނުބައި ކުށްހީ ދޫކޮށްލާށެވެ. ހަމަކަށަވަރުން މާތް ﷲ އަށް މެނުވީ އެއްވެސް މުސީބާތަކާއި ބަލިމަޑުކަމަކުން ވެސް އަޅަމެން ސަލާމަތެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން މިބައްޔަކީ ރަނގަޅަށް ވިސްނައިފި ބަޔަކަށް އިބްރަތެކެވެ. ތަޢުބާވުމަށް އަވަސްވެ ގަންނާށެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ