އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަނިކަމަނާ "ރެހެންދިޚަދީޖާ" ބަލަން ތައްޔާރުތަ؟

ރަނިކަމަނާ "ރެހެންދިޚަދީޖާ" ބަލަން ތައްޔާރުތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ރާއްޖޭގެ ތާރީޚުގައި ރަނިކަން ކުރެއްވި އައްސުލްޠާނާ ޚަދީޖާ ޝްރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދިޚަދީޖާ) ގެ ޙަޔާތައް ބިނާކޮށް "ރެހެންދިޚަދީޖާ" ގެ ނަމުގައި ޑާކްރެއިން އެންޓާޓެއިންމަންޓުން ފިލްމެއް އުފެއްދުމަށް ތައަޔާރުވެއްޖެއެވެ.

މިއުފާވެރި ޚަބަރު ބެލުންތެރިންނާއި ޙިއްސާ ކުރަމުން ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) އޭނާގެ ފޭސްބުކްގަައި ލިޔެފައިވަނީ މިފިލްމު އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަށް ފިލްމުގެ ލިޔުންތެރިން ކަމަށްވާ އައިޝަތު ފުވާދު އާއި އަޙްމަދު ޠޮލާލް، "ރެހެންދި ޚަދީޖާ" އާއި ބެހޭގޮތުން ގިނަ ދިރާސާތަކެއްކޮށް މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިފިލްމުގައި ބޭނުންކުރާނީ އިހު ޒަމާނުގައި ދިވެހިން ވާހަކަ ދައްކާ އުޅުނު ބަހުރުވައާއި ދައްކުވައިދޭނީ އެޒަމާނުގައި ހެދުން އަޅާ އުޅުނު ގޮތް ކަމަށް ވެސް މޮގާ ބުނެފައިވެއެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މިއީ މިހާތަނަށް ޑާކްރެއިނުން އުފައްދާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވެސް މޮގާ ބުނެފައިވެއެވެ.

"ރެހެންދިޚަދީޖާ" ގެ ވާހަކައިގެ މައްޗަށް ފިލްމެއް ތައްޔާރު ކުރާއިރު، ހަމަޔަގީނުން ވެސް އެންމެ ގިނަ މީހުން އެނގެން ބޭނުންވާނެ އެއް ކަމަކީ ސުލްޠާނާ ރެހެންދިޚަދީޖާގެ ރޯލު ކުޅޭނީ ކޮން ފިލްމީތަރިއެއްބާއެވެ. މިސުވާލުގެ ޖަވާބު އަދިވަނީ ސަސްޕެންސެއްގެ ތެރޭގައެވެ. އެސުވާލުގެ ޖަވާބަށް މޮގާ ވެސް ބުނެފައިވަނީ "އެ ތާޖު އަޅާނީ ކޮން ތަރިއެއްތޯ ބަލަން ތިބެމާ" އެވެ.

ތާރީޚު ބުނާ ގޮތުގައި ރެހެންދިޚަދީޖާއަކީ ވަރަށް ވެސް ނުފޫޒުގަދަ ރަނިކަމަނާ އެކެވެ. އެގޮތުން އެކަމަނާގެ ބައްޕާފުޅު އައްސުލްޠާން އަބްދުލް ފަތުޙު ޖަލާލުއްދީން އުމަރް ވީރު ޝްރީ އަބާރަނަ މަހާރަދުން (އުމަރް މަހާރަދުން) އަވަހާރަވުމުން، އުމަރް މަހާރަދުންގެ ދަރިކަލުން އަހްމަދު ޝިހާބުއްދީން ވެރިކަމަށް އަރައިވަޑައިގަތެވެ. ނަމަވެސް ރެހެންދިޚަދީޖާ، އަޙްމަދު ޝިހާބުއްދީން ގަތުލުކޮށްލެއްވުމަށްފަހު ރަނިކަމަށް އަރައިވަޑައިގެންނެވި ކަމަށް ވެސް ތާރީޚުގައި ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. ރެހެންދިޚަދީޖާ އަކީ އައްސުލްޠާން އުމަރް މަހާރަދުންގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ.

މީގެއިތުރުން އެކަމަނާ ކައިވެނި ބައްލަވައިިގަތް ބޭފުޅުން ވެސް، ވެރިކަމަށް އިސްވެވަޑައިގަންނަވާފާނެތީ، އެބޭފުޅުންވެސް އަވަހާރަކޮށްލި ކަމަށް ތާރީޚުގައި ބުނެފައިވެއެވެ. ރެހެންދިޚަދީޖާ ރާއްޖޭގައި ރަނިކަން ކުރެއްވީ 1347 ވަނަ އަހަރުން 1380 ވަނަ އަހަރަށެވެ. އަވަހާރަވީ 1380 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ