އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުވެލައްވާ! އެއްވެސް ގެއަކީ ކޮރޯނާ ވަދެފައި ނުވާ ގެއެއްކަން މިހާރު ޔަޤީނެއް ނޫން!

ސަމާލުވެލައްވާ! އެއްވެސް ގެއަކީ ކޮރޯނާ ވަދެފައި ނުވާ ގެއެއްކަން މިހާރު ޔަޤީނެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މާލެ ސިޓީ މިހާރު އޮތް ޙާލަތަށް ބަލާއިރު އެއްވެސް ގެއަކީ ކޮރޯނާ ވަދެފައި ނުވާ ގެއެއްކަން މިހާރަކު ޔަޤީނެއް ނޫނެވެ. ކޮންމެވެސް ފަރާތެއްގެ އިހުމާލުން ނަމަވެސް އަދި އުހުމާލުން ނޫން ނަމަވެސް ބަލި ފެތުރުން މިހާރު މިވަނީ އެންމެ ނުރައްކާތެރި ޙާލަތުގައެވެ. 

އެކަން އެނގިގެންދަނީ މަލެއިން މިހައިތަނަށް ބައްޔަށް ޕޮޒިޓިވްވި 8 މީހުންގެ ތެރެއިން 2 ނުވަތަ 3 މީހުންނަށް ބަލި ޖެހުނު ގޮތް ނުވަތަ ކޮންޓެކްޓް އަދިވެސް އެނގިފައި ނުވުމުންނެވެ. މިފަދަ ސަބަބުތަކަށްޓަކައި ސަރުކާރުގެ ތޔަރުޖަމާނު މުޙައްމަދު މަބްރޫކް މިއަދު ވަނީ އެއްވެސް މީހަކީ ބަލި ޖެހިފައި ނުވާ މީހެއްކަމަށް މިހާރު ޢޤަބޫލުކުރެވެން ނެތް ކަމަށެވެ. 

މާނައަކީ އެމީހަކީ ކިތަންމެ ގާތް މީހެއް ނަމަވެސް ކޮންމެ މީހަކާއިމެދުގައިވެސް ރައްކައުތެރިވާން ޖެހޭ ކަމެވެ. ގާތްވެ އުޅުމުގައި އިޖުތިމާޢީ މިންގަނޑު ހިފަހައްޓަން ޖެހޭ ކަމެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކުރައްވައިފައެވެ. ޑރ. ނަޒްލާ ވިދާޅުވީ އޭނާ ޓެސްޓްކުރީ ފުރަތަމަ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ކަރަންޓީން ކުރި މީހުންގެ ތެރޭގައި ހިމެނިގެން ކަމަށެވެ. 

މިފަދަ ހުރިހާ ކަންކަމަށް ވިސްނުމުން އެނގެނީ މުޖުތަމައުގައި ބަލި މިހައިތަނަށް ފެތުރިފައިވާ މިންވަރާއިމެދު ސުވާލުތަކެއް އެބަހުރިކަމެވެ. މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަންކަމުގެ އިތުރު ތަފްޞީލުތައް ލިބިގެންދާނެ ކަމުގެ އިޝާރާތެއް ވެސް މަބްރޫކް ވަނީ ކުރައްވައިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް