އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ އާ ގުޅިގެން އިންޑިއާ އެހީ ހޯދަނީ ޗައިނާއިން! ރާއްޖެއަށް ޗައިނާ މާ ދީލަތިވާނެ!

ކޮރޯނާ އާ ގުޅިގެން އިންޑިއާ އެހީ ހޯދަނީ ޗައިނާއިން! ރާއްޖެއަށް ޗައިނާ މާ ދީލަތިވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޑިއާއިން އެހީ ހޯދަމުން ގެންދަނީ ޗައިނާއިންނެވެ. ޓެސްޓް ކިޓާއި އެހެނިހެން ސާމާނުވެސް ހޯދަނީ ޗައިނާއިންނެވެ. އިންޑިއާއަކީ ޗައިނާގެ 2 ވަނަ އަށް އެންމެ ބޮޑު ހަތުރުކަމުގައިވީނަމަވެސް ޗައިނާއިން ދަނީ ޗައިނާގެ ފްލައިޓްތަކުގައި ތަކެތި ފޯރުކޮށްދެމުންނެވެ. 

ޗައިނާގެ އެންމެ ބޮޑު ހަތުރަކީ އެމެރިކާއެވެ. އެމެރިކާގެ ސިޓީތަކަށް 1000 ވެންޓިލޭޓަރު ޗައިނާއިން ފޯރުކޮށްދިން ދުވަހު ސިޓީތަކުގެ ގަވަރުނަރުން ވަނީ ޗައިނާއަށް މަރުޙަބާ ކިޔައި އުފާވެރިކަމުގެ ޢީދުތައް ފާހަގަކޮށްފައެވެ. 

ރާއްޖެ އާއި ޗައިނާ އާއި ދެމެދުގައިވެސް ދަނީ މުޢާމަލާތުތަކެއް ކުރެވެމުންނެވެ. ޗައިނާގެ އެހީތެރިކަން އެކިމިންވަރަށް އަންނަނީ ލިބެމުންނެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޗައިނާގެ ރައީސް ޒީ ޖިންޕިންއަށް ގުޅުއްވިކަން އަދި އެނގޭކަށް ނެތެވެ. 

ދައުލަތުގެ ބާރުގަދަ ވެރިއަކު ދިވެހި ކުންފުންޏަކަށް ދައުލަތުން އިއުލާނުކުރާ މަޝްރޫޢުތަކަށް ކުރިމަތިލައި ޕްރަޕޯސަލް ހުށަހަޅާއިރު ޗައިނާ ކުންފުންޏަކުން ހުށަ ނުއަޅަން ވިދާޅުވި ކަމަށާއި ހުށަހެޅި ނަމަވެސް ނުލިބޭނެ ކަމަށް ވިދާޅުވިކަމަށް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަމުގެ އިތުރު ތަފްޞީލު މިއަދުނޫހުގައި ފަހުން ހާމަކުރާނަމެވެ. މިއީ އެކަމުގެ ވަގުތު ނޫންކަމަސްވާތީއެވެ.  

ޗައިނާ އާއިމެދު މިފަދަ ބޮޑު ހަސަދަވެރިކަމެއްގައި ދައުލަތުގެ ބައެއް ވެރިން ތިއްބެވި ނަމަވެސް ރައްޔިތުންގެ ޙައްޤުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޗައިނާގެ ރައީސް އަށް ގުޅުއްވައި ލެއްވެވުމުގެ މުހިންމުކަން ގިނަބައަކު ދަނީ ފާހަގަކުރަމުންނެވެ. 

އެހީދެވޭނީ އެކަމުގެ ޤާބިލުކަން ހުރި ބައަކަށެވެ. ވަސީލަތްތައް ހުރި ބައަކަށެވެ. ޗައިނާގެ އެންމެ ބޮޑު 2 ހަތުރުން މިއަދު އެންމެ ބޮޑަށް ބަރޯސާވާންޖެހިފައިވަނީ ހަމަ ޗައިނާއަށެވެ. 

ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެންނެވި ދުވަހު އެކަމަށް ހިނގާ ޚަރަދުގެ ބޮޑުބައެއް ޗައިނާއިން ޙިއްޞާކޮށް ރައްޔިތުންނަށް ހަދިޔާ ކުރެއްވީ މާލެ ހުޅުމާލެ ގުޅުވައިލަދޭ ބްރިޖެވެ. ހަމަ އެ ރައީސަށް މިއަދު ދިވެހިން މިތިބަ ޙާލަތުން ސަލާމަތްވެވި މިހާލަތުން އަރައިގަނެވޭނެ ބްރިޖެއް ދެއްވުމަކީވެސް ހަމަ ކޮށްދެއްވެވުން ވަރަށް ގާތް ކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް