އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއަކީ ވަރަށް ގިނަ ބަލިތަކުން އަރައިގަނެވިފައިވާ ޤައުމެއް! ﷲ ވާގިފުޅާއެކު ކޮރޯނާ އިންވެސް އަރައިގަނެވޭނެ!

ރާއްޖެއަކީ ވަރަށް ގިނަ ބަލިތަކުން އަރައިގަނެވިފައިވާ ޤައުމެއް! ﷲ ވާގިފުޅާއެކު ކޮރޯނާ އިންވެސް އަރައިގަނެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ރާއްޖޭގެ ޞިއްހީ ނިޒާމު ވަރަށް ނިކަމެތި ޙާލުގައި އޮވެގެންވެސް މާތް ﷲ ވަނީ ވަރަށް ގިނަ ބަލިތަކުން އަރައިގަތުމުގެ ނިޢްމަތް ދިވެހިންނަށް ދެއްވަވައިފައެވެ. ޖިޒާމް ބައްޔާއި ފައިލޭރިއާ، މެލޭރިއާ އަދި ހިމަބިހި ފަދަ އެތައް ބަލިތަކެއް އިންތިހާއަށް ފެތުރުން ހުއްޓިގެން ދިއައީ ހަމަ ﷲ ތަޢާލާގެ ދީލަތިވަންތަކަމުންނެވެ. 

އެކަމުގެ ހެއްކަކީ މަދުމަދުން އެބަލިތައް ދޭތެރެއަކުން ފެނުނު ނަމަވެސް ރާއްޖެއިން އެބަލިތައް ވަރަށް ބޮޑަށް ނެތިގެން ދިއުމެވެ. ބަވަނަވެފައިވާ ދުނިޔޭގައި އުޅެމުން އަންނައިރު ދުނިޔޭގައި ފެތުރިފައިވާ ބަލިތަކުން އެކުގައި ސައްތައިން ސައްތަ ސަލާމަތްވެވުމަކީ ވަރަށް ނާދިރު ކަމެކެވެ. 

މިއީ ދިވެހިން ޝުކުރުވެރިވާންޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ޝުކުރުވެރިވެވޭ މިންވަރާއިމެދު ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނައިލުމުން އެމީހެއްގެ ޙާލަތު ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެން މީހަކު އެވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ. 

މިހާރު ފެތުރެމުން މިދާ ކޮރޯނާ ވައިރަސް އިން ވެސް މާތް ﷲ ވާގިފުޅާއިއެކު ސަލާމަތްވެވޭނެއެވެ. އޮތީ އެކަމަށް އެދި މަސައްކަތްކުރުމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ގެންދާނަމަ މާތް އެކަލާނގެ އަޅުތަކުން ނިކަމެތި ނުކުރައްވަވާނެތެވެ. އެކަން ޔަޤީންކުރަންވާނެއެވެ. 

ކިޔަމަންތެރިކަން އިތުރުކުރާށެވެ! މާތް އަށް ދެންނެވުން ގިނަކުރާށެވެ! މާތް ﷲ މެނުވީ ޙާލަތު ބަދަލުކޮށްދެއްވެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އެކަން ކޮރޯނާ އާއި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކަށް ކުރަންޖެހުނު ތަޖުރިބާއިން މިވަނީ އެނގިފައެވެ. 

ރަމަމާން މަހު ރޯދައަށް ހުރެ ކުރާ ދުޢާ މާތް ﷲ ޢިޖާބަކުރައްވަވާނެކަން ދީނީ ޢިލްމްވެރިން ގެންދަވަނީ ބަޔާންކުރައްވަމުންނެވެ. ވީމާ ކޮރޯނާ ވައިރަސް އިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރައްވާށެވެ! ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް