އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
ހުކުރު ދުވަހު ހަވީރު ހުޅުމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި 7 މީހަކު ޖުރުމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސްޕީޑްގަން ހިފައިގެން ފުލުހުން ޙަރަކާތްތެރިވުމުން ބައެއް ޑްރައިވަރުން ކަންބޮޑުވުން ފައޫލުކުރިއެވެ. "މިއީ ކުއްލިއަކަށް މިފަދަ އޮޕަރޭޝަނެއް ހިނގަންވީ ވަގުތު" ނޫން ކަމަށް ޤަބޫލުކޮށް ބައެއް ޑްރައިވަރުން މިއަދުނޫހާއި ވަނީ މައުލޫމާތު ހިއްޞާކޮށްފައެވެ.
މިއަދުނޫހާއި މައުލުމާތު ހިއްޞާކުރި ފުލުހަކު އޭނާގެ އަމިއްލަ ހައިޞިއްޔަތުން ބުނެފައިވަނީ ލޮކްޑައުން އޮތުމުން ހައިވޭގައި ދުއްވާ ވެހިކަލްތަކުގެ އަދަދު މަދުވުމުން 180 ކިލޯމީޓަރު ބާރުމިނުގައިވެސް ވެހިކަލް ދުއްވާ ކަމަށެވެ! އަދި އެފަދަ ބާރު ސްޕީޑެއްގައި ދުއްވަނިކޮށް އެކްސިޑެންޓެއް މެދުވެރިވެއްޖެ ނަމަ އެތައް ބައެއްގެ ފުރާނައަށް ބިރުވެރިކަން ބޮޑުވާނެ ކަމަށެވެ!
ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން އެކްސިޑެންޓްވެ ކޮންމެ އަހަރަކު އެތައް ބައަކު މަރުވަމުންދާއިރު އެތައް ބައަކު ބައަކަށް ދަނީ ނުކުޅެދޭ ޙާލަތުގައި ދިރިއުޅެން ޖެހެމުންނެވެ. ބާރު ސްޕީޑްގައި ދުއްވައި ޖެއްސުމުގެ ސަބަބުން ހޭވެރިކަމެއް ނެތި ދޮޅުއަހަރުވެފައިވާ މީހުންވެސް އެބަތބިކަން ފާހަގަކުރެވެއެވެ.
ދުވަސްކޮޅަކު ލައިސަންސް ހިފަހައްޓާލުމަށްފަހު ލައިސަންސް ދިނުމުން ޑްރައިވަރަށް ދެއްވެއެވެ! ޖައްސައި އަނިޔާ ކުރި މީހުން މަރުވެފައެވެ. ނުކުޅެދޭ މީހުންނަސްވެފައެވެ. ނުވަތަ ކޯމާގައެވެ! މިއީ ޤާނޫނަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް ޙައްލު ހޯދަންޖެހިފައިވާ ކަމެއްކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ!
Advertisement
23 މެއި 2020