އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދު ނަމާދުކުރާނެ ފަސޭހަ ގޮތާ ޢީދު ނަމާދުގެ ވަގުތު! ގޭގަ ޢީދު ނަމާދު ނުކޮށް ދޫކޮށްނުލާ!: ޑރ. ޝަހީމް

ޢީދު ނަމާދުކުރާނެ ފަސޭހަ ގޮތާ ޢީދު ނަމާދުގެ ވަގުތު! ގޭގަ ޢީދު ނަމާދު ނުކޮށް ދޫކޮށްނުލާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ކޮންމެ މީހަކުވެސް އެކަނި ހުރެގެން ކުރަން ޖެހުނު ނަމަވެސް ޢީދު ނަމާދުކުރަންވާނެއެވެ. އެމަތިވެރި ސުންނަތް ދޫކޮށްލައިގެންނުވާނެއެވެ. ޢީދު ނަމާދަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދުނިޔެއަށް ދައްކައިދޭ ވަރަށް މަތިވެރި ޝިޢާރެކެވެ! ވީމާ ކޮންމެ ގޮތަކުން ނަމަވެސް އެ ޝިޢާރު ދަމަހައްޓައި ނަގަހައްޓަން ޖެހެއެވެ. 

"ޢީދު ނަމާދު" ކުރުމުގެ ހުކުމާއިމެދު ޢިލްމްވެރިންގެ މެދުގައި ޚިލާފް އެބަހުއްޓެވެ! ބައެއް ޢިލްމުވެރިންގެ އަރިއަހުގައި އެއީ ކިފާޔަތުގެ ފަރުޟެކެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ފަރުޟު އަޢިނެކެވެ. ކޮންމެ އަކަސް ޢީދު ނަމާދުކުރުމަކީ ގަދަވެގެންވާ ސުންނަތެއްކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ! 

ގޭގައި ޢާއިލާ އާއިއެކު ކުރި ނަމަވެސް ޚުޠުބާ އަކާއި ނުލައި މިޙާލަތުގައި ކުރެވޭނެއެވެ! 

މިއީ ކުރަން ނުހަނު ފަސޭހަ ނަމާދެކެވެ! ހަމައެކަނި ތަފާތަކީ ޙަރަމްބަން ތަކްބީރަށްފަހު 7 ތަކްބީރު ކިޔުމާއި، ދެވަނަ ރަކްޢަތުގައި ޙަރަމްބަން ތަކްބީރަށްފަހު 5  ތަކްބީރު ކިޔުމެވެ. 

ފިޠުރު ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދައްކަން ކޮންހެން ވެސް ހަނދާންކުރަން ޖެހޭނެއެވެ! އެއި ވާޖިބެކެވެ.   

ޢީދު ނަމާދުގެ ވަގުތަކީ ގާތްގަނޑަކަށް އިރު އަރައި 25 ވަރަކަށް މިނިޓްވުމުންނެވެ. ވީމާ ހެނދުނު 7 ޖަހައިލުމުން ނަމާދުކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. 

ޚަބަރުގައި އެވަނީ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބެންޖެހިފައިވާއިރު، ގޭގައި ޢީދު ނަމާދުކުރާނެ ގޮތް ބަޔާން ކުރައްވަވައި ދެއްވާފައިވާ އިރުޝާދުގެ ވީޑިއޯއެކެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް