އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 41 ސިކުންތު
ފާއިތުވި 24 ގަޑިއިރުތެރޭގައި އިތުރު 3 މީހަކަށް ކޮރޯނާ ވައިރަސް އިން ޝިފާ ލިބިފައިވާ ކަމަށާއި އެހެންކަމުން ޝިފާ ލިބުނު މީހުންގެ އަދަދު 127 އަށް އަރާފައިވާ އަދި މިހާރު ފަރުވާ ދެވެމުން ދަނީ 1180 މީހުންނަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
ޑރ. މުރާދު ވިދާޅުވީ ޑީއެޗް 11 ގައި މިހާރު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް މީހަކަށް ފަރުވާ ދެވެމުން ނުދާކަމަށާއި ފަރުވާ ދެވެމުން ދަނީ ބަލިން ރަނގަޅުވެފައިވާ މީހަކަށް ކަމަށެވެ! އަދި ޓްރީޓޮޕްގައި 10 މީހަކަށް ފަރުވާ ދެވެމުން އަންނަ ކަމަށާއި އެއިގެ ތެރެއިން އެކަކަށް ފަރުވާދެެވނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާއި 2 މީހަކަށް އައިސީޔޫގައި ފަރުވާ ދެވެމުން އަންނަ ކަމަށެވެ.
މިއަދު ވަނީ އިތުރު 39 މީހަކު ޕޮޒިޓިވްވެފައެވެ.
Advertisement
23 މެއި 2020