އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭ މީހުން މިކަންކަމަށް ވިސްނައި ސަމާލުކަންދޭށެވެ!

ނަމާދުގަ ޚުޝޫޢަތްތެރި ނުވެވޭ މީހުން މިކަންކަމަށް ވިސްނައި ސަމާލުކަންދޭށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ނަމާދުކުރަން ޖެހެނީ ޚުޝޫޢަތްތެރިކަމާއިއެކުގައެވެ. ކުރާ ނަމާދު ފުރިހަމަވެ ނަމާދަކަށްވަނީ ވެސް ޚުޝޫޢަތެރިކަމާއިއެކު ނަމާދުކުރުމުންނެވެ. ނަމަވެސް ހިތާމަ އާއިއެކު ބުނަން ޖެހެނީ ނަމާދުކުރާ މީހުންގެ ތެރެއިން ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރެވެނީ ވަރަށް މަދު މީހަކަށް ކަމަށެވެ. އެކަން ގިނަ ބައަކު ޤަބޫލުވެސް ކުރެއެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދު ނުކުރެވޭނަމަ، ޚާއްޞަކޮށް  ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން މަސައްކަތްކުރުމުންވެސް އެކަން ނުކުރެވޭނަމަ، ފުރަތަމަވެސް ކޮށްލަން ވީކަމަކީ ތައުބާވުން ގިނަކުރުމުވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ. ޝައިޠޯނާގެ ކިބައިން ހިތް ޠޯހިރުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމެވެ. މިކަންކަމަށް އެދި ދުޢާކިުރުމާއިއެކު ވެސް ޚުޝޫޢަތްތެރިކަމާއިއެކު ދުޢާކުރެވޭނެ ގޮތް މިންވަރުކޮށްދެއްވެވުން އެދިވެސް ގިނަގިނައިން ދުޢާކުރަންވާނެއެވެ. 

ފާފަކުރުމަކީ އެމީހަކާއި ﷲ ތައާލާ އާއި ދެމެދު އޮންނަ ގުޅުން ކުޑަވެ ނެތިގެންދާ ކަމެކެވެ. ނަތީޖާއަކަށްވެގެންދަނީ ނަމާދުކުރި ނަމަވެސް ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގާތްކަން ނުވަތަ ކުއްތަންވެވޭ މިންވަރު ކުޑަވެގެން ނުވަތަ ނެތިގެން ދިއުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާއަކީ ފާފަކުރާ މީހަކު ކަމުގައި ނުވި ނަމަވެސް ގިނަގިނައިން އިސްތީޣްފާރުކުރާށެވެ! ތައުބާވުން ގިނަކުރާށެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ފާފަކުރެވޭ މީހަކު ނަމަ ފާފަކުރުން ހުއްޓާލައި މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ! 

އީމާންވުމަށްފަހު އެންމެ މުހިންމު ކަމަކީ ނަމާދުކުރުމެވެ. އީމާންވުމަކީ އިސްލާމްކަމުގެ ކުޑައެވެ. އެކުޑައިން ހިޔާވަހިކަން ލިބުންވަނީ ނަމާދުކުރިވަރަކުންނެވެ. ވީމާ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރާށެވެ! ޚުޝޫޢަތެރިކަމާއިއެކު ނަމާދުކުރަން ގަދައަލައި މަސައްކަތްކުރާށެވެ! ކުރެވޭ ނަމާދު ފުރިހަމަވެ އެކަމުގެ ފައިދާކުރާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް