އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮކްޑައުންގެ ލުއިތައް އަނބުރާ ގެންދަން ޖެހޭ މަންޒަރެއް އަދި ނުފެނޭ: ޑރ. އަފްޒަލް

ލޮކްޑައުންގެ ލުއިތައް އަނބުރާ ގެންދަން ޖެހޭ މަންޒަރެއް އަދި ނުފެނޭ: ޑރ. އަފްޒަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މާލެ ސަރަޙައްދަށް އިއުލާނުކުރި ލޮކްޑައުން އަށް ދީފައިވާ ލުއިތައް އަނބުރާ ގެންދަންޖެހޭފަދަ މަންޒަރެއް އަދި ނުފެންނަކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19 އަށް މިއަދު 101 މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް ސާޖެއް އަންނަ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 79 ކޭސްއަކީ އެއްތަނެއްގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެމީހުން ޕޮޒިޓިވްވީ ލޮކްޑައުން އަށް ލުއިދިނުމުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށާއި ލޮކްޑައުން ތެރޭގައި ވެސް އެމީހުންގެ ރިސްކު އޮންނާނީ ހަމަ އެއްވަރެއްގަައި ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އަދި މިފެންނަ މަންޒަރަކުން ލޮކްޑައުންގައި ދީފައިވާ ލުއިފަސޭހަތަކުގެ ހާލަތު އަނބުރާ ގެންނަންޖެހޭ މަންޒަރެއް އަދި ނުފެނޭ، މި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު" އަފްޒަލް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ