އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގަ ގިނަ ހެޔޮ އަމަލުތަކެއް ކޮށް، ޤިޔާމަތް ދުވަހު ޘަވާބު ނުލިބިދާނެ މީހުންގެ ތެރޭގައި ނުވާށެވެ!

ދުނިޔޭގަ ގިނަ ހެޔޮ އަމަލުތަކެއް ކޮށް، ޤިޔާމަތް ދުވަހު ޘަވާބު ނުލިބިދާނެ މީހުންގެ ތެރޭގައި ނުވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

ހަމަ އެއާއިއެކު ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުން އެނގެންއޮތް ގޮތުގައި ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އިންސާގެ ހަށިގަނޑުގެ ސިފަތަކަކަށް ނޫނެވެ. ރީތިކަމާއި ބުރުސޫރައަކަށްވެސް ނޫނެވެ. ދޮންވެފައި ކަޅުވުމަކަށް ވެސް ނޫނެވެ. ދަތްތަކުގެ ސައިޒާއި ދަތްތައް ހުރި ގޮތަކަށް ވެސް ނޫނެވެ. 

ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ ހަމައެކަނި އިންސާނާގެ ހިތަށެވެ! ކުރާ ކޮންމެއަމަލަކަށް ޖަޒާލިބުން ވެސް ވަނީ އެކަންކުރުމުގައި ނިޔަތްގަތް ގޮތުގެ މައްޗަށެވެ. ކޮންމެކަމެއް ވެސް ކުރުމުގެ ކުރިން ނިޔަތް ގަންނަން މިޖެހެނީ އެ ސަބަބަށްޓަކައެވެ. 

ވަރަށް ގިނަ މީހުން ތަފާތު ހެޔޮ އަމަލުތައް ކުރެއެވެ. ފަޤީރުން އެހީތެރިކަމަށް އެދުމުން ޞަދަޤާތްވެސް ކުރެއެވެ. ނަމަވެސް ތެދަށް ބުނާނަމަ ބުނަން ޖެހޭނީ އެކަންކަން ކުރާއިރު، ތިމާ އެކަންމިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެންކަމަށް ހިތަށް އަރުވައިލެވެނީ ވަރަށް މަދު މީހަކަށެވެ. 

އަޅުކަމުގެ އަޞްލަކީ ހިތުން ކުރާ އަޅުކަމެވެ. ހަށިގަނޑުގެ ގުނަވަންތަކުން ކުރާ ކަމަކީހަމައެކަނި ހިތުން ކުރާ އަޅުކަން ފުރިހަމަކުރުމެވެ. ނުވަތަ ފުރިހަމަކޮށްދިނުމެވެ. 

ހިތާއިމެދު ފަރުވާކުޑަނުކުރާށެވެ! މިބުނަނީ ކޮންމެކަމެއް ކުރާއިރުވެސް އެކަމަކުން ތިމާއަށް ޘަވާބާއި ދަރުމަދެއްވެވުން އެދިގެންކުރާށެވެ. އެކަމަށް ނިޔަތްގަނެގެންކުރާށެވެ. ތިމާއަށް ކުރެވޭ އެތައް ބައިވަރު ހެޔޮ އަމަލުތަކެއް، އެއްވެސް ނިޔަތެއް ނެތި ކުރެވިފައިވުމުން، އެކަންކަމުން ލިބެން އޮތް ޘަވާބާއި ދަރުމަ ނުލިބި ހިނގައްޖެ ނަމަ ކުރަންޖެހޭނެ ހިތާމައަށް ވިސްނައިލާށެވެ! 

މިކަން ކުރަން އެންމެ ފަސޭހަވާނެގޮތަކީ ކޮންމެކަމެއް ކުރިނަމަވެސް ﷲ ތައާލާއަށްޓަކައި ކުރާކަމެއް ކަމަށް ނިޔަތް ގަނެގެން ކުރާށެވެ! ޙަޤީޤަތަށް ބަލައިފިނަމަ އިންސާނާގެ ޢާންމު ދިރިއުޅުމުގައި ކުރަން ހުރި ކޮންމެ ކަމަކީ އެކަމެއް ކުރުމުން ޘަވާބު ދެއްވަވާނެ ޢަމަލެކެވެ. އަނބިދަރިންނަށް ޚިދުމަތްކުރުމާއި ދިރިއުޅެން މަސައްކަތްކުރުމާއި ގެތެރޭގެ މަސައްކަތް ކުރުމާއި އެންމެ ކުޑަމިނުން ގާތުން ކިރުދިނުމާއި ދަރިން ފެންވަރުވައި ރީތިކުރުން މިއީވެސް ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެވެ. އަދި ކީއްހެއްޔެވެ؟ ކިތަންމެ ގާތް އެކުވެރިއަކަށް ބޯނެ ފެންފޮދެއް ދިއްކޮށްލުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.  

ކުރާ ކޮންމެ ކަމެއްގައި ވެސް ﷲ ތައާލާއަށް ހިތް ނިޔަތް ޚާލިޞްކުރުމުގެ އާދައަކީ ހަމަކޮންމެހެން ދިރުވައި އާލާކުރަންޖެހިފައި އޮތް އާދައެކެވެ. ނޫން ނަމަ ޢާޚިރަތް ދުވަހު ވަރަށް ހިތާމަކުރަން ޖެހޭ ގޮތެއްވެސް މެދުވެރިވެދާނެއެވެ. އެހެނީ ތިބާއަކީ ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރެވިފައިވާ މީހަކަށްވާއިރުވެސް އެކަންކަން ކޮށްފައިވަނީ ﷲ ތައާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދި ނިޔަތްގަނެގެން ކަމަށް ނުވެއްޖެ ނަމަ އެ އަމަލުތައް ކުރިކަމުގެ ޘަވާބު ނުލިބިދާނެތީއެވެ! 

ވީމާ ކޮންމެ ކަމެއް ކުރާއިރުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމަ އެދިގެން ކުރަމުން ގެންދާށެވެ! އެއީ ދެމަފިރިން އެކަކު އަނެކަކަށް ޚިދުމަތްކުރުން ކަމުގައިވީނަމަވެސް، މައިންބަފައިނަށް ޚިދުމަތްކުރުން ކަމުގައިވީނަމަވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ އަވަށްޓެރިއަކަށް ގަހުން މޭވާއެއް ބިނދެދިނުން ނަމަވެސްމެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް