އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހަށް ﷲ ވަހީ ކުރެއްވެވިއެވެ! " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ!

އިބިލީހަށް ﷲ ވަހީ ކުރެއްވެވިއެވެ! " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 27 ސިކުންތު

ބައެއް މީހުން އިބިލީހުގެ މަގު ޚިޔާރުކުރުމަށްފަހު އެއީ އިބިލީހުގެ ސަބަބުން މެދުވެރިވި ޙާލަތެއް ކަމަށް ބުނެ އިބިލީހުގެ ބޮލުގައި ކަންކަން އަޅުވައެވެ. ނަމަވެސް އެއީ އެއްވެސް ތެދު ބަހެއް ނޫނެވެ. އިބިލީހަށް ބާރުފޯރުވޭނީ ﷲ ތައާލާގެ މަގު ދޫކޮށްލައި އިބިލީހުގެ މަގު ޚިޔާރުކުރާ މީހުންނަށެވެ. އެކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ! 

"އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. (.) އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ ޚިޔާރު ކުރައްވާފައިވާ މީހުން މެނުވީއެވެ. (އަލްހިޖުރު: 39،40) 

"އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. މިއީ، ތިމަންރަސްކަލާނގެ ޙަމްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. (.) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބަޢަވާ މީހުން މެނުވީއެވެ (.) (އަލްހިޖުރު: 41،42) 

އަދިވެސް ހަނދުމަކުރާށެވެ! ހުރިހާ އެންމެން މަގު ފުރައްދަން މަސައްކަތް ކުރާނެކަމަށް އިބިލީސް ދެނެނވި ހިނދެވެ! ﷲ ތަޢާލާ ވަޙީ ކުރެއްވެވީ "ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭ ހިނދުން އެމީހަކަށް ފާފަ ފުއްސަވައި ދެއްވަވާނެ" ކަމަށެވެ. 

މިހަރަ މިހިރަ ފެންނަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅު އަހަރެމެންގެ މައްޗަށް އޮތް މިންވަރެވެ! އިންސާނުންނަކީ ބަލިކަށި، ފާފަކުރެވޭނެ ބައެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ފާފަތައް ފުއްސަވައި ދެއްވެވުމުގައި އެހައި ދީލަންތަވަންތައީ ވެސް އެސަބަބަށްޓަކައި ކަމަށް ޤަބޫލުކޮށް އަހަރެމެންނަށް އޮތީ ޝުކުރުވެރިވުމެވެ. 

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ! (49) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް އެއީ، ވޭންދެނިވި ޢަޛާބެއް ކަމަށްވެސްމެއެވެ. (50) (އަލްޙިޖުރު: 49،50)

އަދިވެސް ވަޙީ ކުރައްވަވާފައިވެއެވެ.

"އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް ﷲ ވަޢުދު ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ. (43) އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ. (44) 

ހަމަކަށަވަރުން، ތަޤްވާ ވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ ނިޢްމަތުގައެވެ. (45) (އެއުރެންނަށް އަންގަވާނެތެވެ.) ތިއަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ ޙާލް އެތަނަށް ވަންނާށެވެ! (46) އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ ހަސަދަވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ އަޚުންތަކެއްގެ ގޮތުގައެވެ. (47) އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބައަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ. (48) 

ވީމާ އެމީހަކު ވަންނަން ބޭނުން ތަނެއް އިޚްތިޔާރުކުރުމުގެ ހުރިހާ ބާރުތަކެއް މިވަނީ ހަމަ އެމީހެއްގެ އަތްމަތީގައެވެ! ނަރަކައިގެ 7 ދޮރުންކުރެ ދޮރަކުން ވަންނަން ނުޖެހި ސުވަރުގޭގެ 8 ދޮރުކޮޅުންކުރެ ދޮރުކޮޅަކުން ވަދެވޭނެ މީހަކު ކަމުގައި ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް