އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޭންކޮށްފައި މިސްކިތަށް ވައްދައިގެން ނަމަވެސް މިސްކިތުގަ ނަމާދުކުރުމުގެ ފުރުޞަތު ދޭން އަދިވެސް ނުވަނީތޯ؟

ސްކޭންކޮށްފައި މިސްކިތަށް ވައްދައިގެން ނަމަވެސް މިސްކިތުގަ ނަމާދުކުރުމުގެ ފުރުޞަތު ދޭން އަދިވެސް ނުވަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މާލެ ސިޓިގައި ޖަމާޢަތުގައި ނަމާދު ނުކުރެވި 12 ހުކުރު ފާއިތުވެގެން ދިއައީއެވެ. ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު ނެތްތަނުގައި ގޭގައި ނަމާދުކުރަން ދަތިތައް ހުރި މީހުންނަށް މިސްކިތުގައި އެކަނި ނަމާދުކޮށްލުމުގެ ފުރުޞަތުވެސް އަދި ވެސް ލިބިފައެއް ނުވެއެވެ. 

ސައުދީގައިވެސް މަދީނާގެ ޙަރަމްފުޅު، މަސްޖިދުއްނަބަވީ އަށާއި ބައެއް ބޮޑެތި މިސްކިތްތަކަށް މީހުން ވައްދަނީ ހުމަށް ސްކޭންކުރުމަށްފަހުގައެވެ. ކޮންމެ ނަމާދަކަށްފަހު ހުރިހާ މިސްކިތްތަކެއް ޑިސްއިންފެކްޓް ވެސް ކުރެއެވެ.

މާލެ ސިޓިގައި ހުރި ހުރިހާ މިސްކިތަކަށް އަރާ އެންމެން ސްކޭންކޮށް އަދި ޑިސްއިންފެކްޓް ކުރެވެން ނެތް ނަމަ ކުރެވެން ހުރި އަދަދަކަށް ނުވަތަ ބޮޑެތި މިސްކިތްތަކުގައި ނަމަވެސް ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަން ކުރުމަށްފަހުގައި ނަމަވެސް މިސްކިތަށް އަރައިލުމުގެ ފުރުޞަތު އަދިވެސް ދޭން ނުވަނީތޯއެވެ؟ 

"12 ހުކުރު ނިމިގެން ދިޔައިރު ޖަމާއަތުގައި ނަމާދު ކުރެވޭނެ ހަމައެއްވެސް މަގެއް އަދިވެސް ހަމަނެތްތަ؟ ކަނޑައަޅާ ވަކި މިސްކިތްތަކެއް ގައި ޑިސް އިންފެކްޝަން ގޭޓް ބަހައްޓައިގެން ނަމަވެސް ހައްލެއް ހޯދަން ވެއްޖެއެއްނު؟ މަގުމަތީގައި މީހުން އެބައުޅޭ. ގޭގެއަށް ޒިޔާރަތް އެބަ ކުރޭ!" މިފަދަ ޝުޢޫރުތައް ރައްޔިތުން ގެންދަނީ ހާމަކުރަމުންނެވެ.

ހަމަ އެއާއިއެކު މިސްކިތްތައް ބަންދުކޮށްފައި ހުރުމުން މިސްކިތްތަކަށް ނަމާދުކުރަން ނޭރޭއިރު މިސްކިތްތަކަށް ވަގަށް އަރައި މިސްކިތްތަކުގައި ކައި ބޮއި އަދި މިސްކިތްތަކަށް ކުޑަކަމުގޮސް، ފުޅިފުޅީގައި ނަޖިސް ބަހައްޓާ މައްސލަތައް ވެސް އަންނަނީ ފެންމަތިވުމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް