އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ކުލައާ ޢިމާރާތުގެ ނަމާ ހުރިހާ ކަމެއް ބަދަލުކުރަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން އެގޮތަށް ދެކޭތީއެއް ނޫން!: ކޮމިޓީ

ފުލުހުންގެ ކުލައާ ޢިމާރާތުގެ ނަމާ ހުރިހާ ކަމެއް ބަދަލުކުރަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން އެގޮތަށް ދެކޭތީއެއް ނޫން!: ކޮމިޓީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ފުލުހުންގެ ކުލައާއި ފުލުހުންގެ އިދާރީ މައިމަރުކަޒު ހިންގާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ނަމާއި މިފަދަ ފުލުހުންގެ ހުރިހާ ކަމެއް ބަދަލުކުރަން މަޖިލީހުގެ މެންބަރުން ބޭނުންވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން އެގޮތަށް އެކަންކަން ދެކޭތީ ނޫންކަން ފުލުހުންގެ ބިލް ދިރާސާކުރާ  ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން ހާމަކޮށްފިއެވެ. 

ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ފުލުހުންގެ ބިލަށް ގެނެވޭ އިޞްލާޙްތަކުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ލާމަރުކަޒީ ކުރެވޭނެ ކަމަށެވެ. ފުލުހުންނަށް އިތުރު ބާރުތައް ލިބިގެންދާނެކަމަށެވެ. އަދި ފުލުހުން ކުރާ ކަންކަމަށް ޖަވާބުދާރީ ކުރުވޭނެ ގޮތްތައްވެސް ފަހިވެގެންދާނެ ކަމަށެވެ. 

"މަޖިލީހުގެ މެންބަރުން ދައްކާ ވާހަކަތަކަށް އެމީހުން ޒިންމާވާން ޖެހޭނެ. އެއީ އެ މެންބަރަކަށް އެކަމެއް ފެންނަގޮތް. އެއީ މުޅި މަޖިލިސް އެކަމުގައި ދެކޭ ގޮތެއް ނޫން." ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ. 

ކޮމިޓީން މިމޭރުމުން ބުނި ނަމަވެސް މަޖިލީހުގެ ރައީސް ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ފުލުހުންގެ ޚިދުމަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމަނިކުފާނު ވަނީ މަސްތުވާތަކެތި ޑީލްކުރާ މީހުން ހައްޔަރުކުރަން ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުށްވެރިކުރައްވައިވެސް ބޮޑެތި ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް