އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާގެ ނުރައްކާ!: ކައިވެންޏަށްފަހު ފިރިމީހާ މަރުވެ ހަފްލާއަށް ދިއަ އެއްތިރީސް މީހުން ޕޮޒިޓިވްވެއްޖެ!

ކޮރޯނާގެ ނުރައްކާ!: ކައިވެންޏަށްފަހު ފިރިމީހާ މަރުވެ ހަފްލާއަށް ދިއަ އެއްތިރީސް މީހުން ޕޮޒިޓިވްވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އޭނާ ކައިވެނިކުރަން ދިއައީ ރަސްމިއްޔާތަށެވެ. ރަސްމިއްޔާތުގައިވެސް އޭނާއަށް އުނދަގޫތަކެއްވިއެވެ. ނަމަވެސް ކައިވެނި ފުރިހަމަކުރެވުނެވެ. ރަސްމިއްޔާތަށްފަހު ދެމަފިރިން އެކުގައި ފިރިމީހާގެ ގެއަށް ވެހިކަލެއްގައި ގެންދެވުނެވެ. 

ޖެހިގެން އައި ދުވަހު އޭނާގެ ޙާލު ގޯސްވުމުން ސަރުކާރު ހޮސްޕިޓަލަށް ގެންދެވުނެވެ. މަރުވީ އިތުރު ފަރުވާއަށް ބޭނުންވާތީ މިމްސްގެ މަރުކަޒަކަށް ގެންދިއަ ވެހިކަލުގައެވެ. މަރުވުމުން ކޮރޯނާއަށް ޓެސްޓްކުރުމެއް ނެތި ޢާއިލާއިން ވަނީ އޭނާގެ ޖަނާޒާ ބާއްވައިފައެވެ. 

ޚަބަރު ފެތުރުމުން ޞިއްޙީ އޮފިޝަލުން ގޮސް ކުރި ޓެސްޓްތަކުން އެނގުނީ ކައިވެނީގެ ހަފްލާއަށް ދިއަ މީހުންގެ ތެރެއިން 31 މީހަކު ޕޮޒިޓިވްވެފައިވާ ކަމެވެ. މުޅި އަވަށް ޓެސްޓްކުރަން ޖެހޭތީ ޓެސްޓްކުރުން ވަނީ ހުއްތާލައިފައެވެ. 

މިއީ މިމަހުގެ 15،16 ހައިތަނުގައި އިންޑިއާގެ ޕަތްނާގައި ހިނގާފައިވާ ކަމެކެވެ. 

ކޮރޯނާ ވައިރަސް އަކީ އެތެރެހަށީގެ ބަލިތައް ހުންނަ މީހުންނަށް ޚާއްޞަކޮށް ނޭވާ ނިޒާމުގެ ބަލިތައް ހުންނަ މީހުންގެ ފުރާނައަށް ވަރަށް އަވަހަށް ނުރައްކާކުރާ ބައްޔެކެވެ! ބައްޔާއިމެދު ސަމާލުކަން އިތުރުކޮށް ވީހައި އަވަހަކަށް ފަރުވާ ހޯދަން ފެށުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް