އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު
އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހުން މިއަދު 36 މީހަކަށް ޝިފާލިބުނުއިރު ޕޮޒިޓިވްވީ 19 މީހުންނެވެ.
ކޮރޯނާ ވައިރަހުން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 1911 އަށް އަރައިފައެވެ. އަދި ފަރުވާ ދެވެމުން ދަނީ 400 މީހުންނަށެވެ.
މިއަދު ޕޮޒިޓިވްވި 19މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 10 މީހަކާއި 7 ދިވެހިންގެ އިތުރުން އިންޑިއާ ދެ މީހެކެވެ.
މިއަދާއި ހަމައަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2324 އަށް އަރައިފައެވެ.
Advertisement
28 ޖޫން 2020