އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަނަވާރުވެސް ނުކުރާ ހަޑިމުޑުދާރު ޢަމަލުތަކަކީ އިންސާނީ ޙައްޤުކަމަށް ޤަބޫލުކުރާނީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް!

ޖަނަވާރުވެސް ނުކުރާ ހަޑިމުޑުދާރު ޢަމަލުތަކަކީ އިންސާނީ ޙައްޤުކަމަށް ޤަބޫލުކުރާނީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

މީސްތަކުން ދުނިޔޭގައި ލައްވަވައި ރިޒުޤް ދެއްވަވައި އަދި އެންމެހައި ނިޢްމަތްތައް މިންވަރު ކުރެއްވެވި ﷲ ތަޢާލާ ދުނިޔޭގައި މީސްތަކުން އުޅެން އަންގަވާފައިވަނީ އެކަލާނގެ ބާވައިލެއްވެވި އިސްލާމް ދީނަށެވެ. ނަމަވެސް މީސްތަކުން ޖާހިލުވެ އަމިއްލައަށް ދީންތައް އުފައްދައިގެންނާއި ﷲ ތަޢާލާ ކުރިން ބާވައިލެއްވެވި ފޮތްތަކަށް ބަދަލު ގެނެސް އެއީ ދީންތައް ކަމަސް ހަދައިގެންވެސް އެބައުޅެއެވެ.

އަދި ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ ތިންބައިކުޅަ އެއްބައި މީހުން އުޅެމުން ގެންދަނީ އެމީހުން އުފައްދާފައިވާ ދީންތަކަށެވެ! ނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން އެމީހުނެގެ މައްޗަށް ކޯފާ ބާވައެއް ނުލައްވަވަތެވެ.

އެހެން ކަމާއިއެކު އިސްލާމް ދީނުގެ އިތުރުން އެއްވެސް ދީނަކުން ޤަބޫލުނުކުރާ، އަދި އެއްވެސް ބުއްދިއެއް ލިބިފައި ނުވާ ޖަނަވާރުވެސް ނުކުރާ ހަޑިމުޑުދާރު ޢަމަލުތަކަކީ އިންސާނީ ޙައްޤުކަމަށް ޤަބޫލުކުރާނީ ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ! މިދަންނަވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ވާހަކައެވެ. އެއީ ޖަނަވާރުވެސް ކުރާ ކަމެއް ނޫންކަމަށްވާތީއެވެ.

ޖަނަވާރުންނަށްވުރެ ދަށު ދަރަޖައިގެ މީހުން ޜާއްޖޭގައި އެކި ނަންތައް ކިޔައި ޖަމާއަތް ހަދައިގެން އުޅެން ރާއްޖޭގައި ހުއްދަކުރަނީ އެ ހުއްދަކުރާ ބައަކުގެ ވިސްނުންވެސް އެފަދަ ދަށު ދަރަޖައިގައި ހުރުމުންކަމަށް ޤަބޫލުކުރެވެއެވެ. އަދި އެފަދަ މީހުން ހިފައި ހައްޔަރުކުރުން ލަސްވަނީ ޝައިޠޯނާގެ ކަސްތޮޅުން ކަސްތޮޅު އެޅިގެން ތިބުމުން ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

އިންސާނީ ޙައްޤުތަކާއި އަންހެނުންގެ ޙައްޤުތަކާއި ބެހޭ ގޮތުން އުސްތާޛާ އަނާރާ ނަޢީމް ވިދާޅުވެފައިވެއެވެ. "ކުޑަ ކުދިންނާ, އަންހެނުންނާ, ފިރިހެނުންނާއި ކުދިބޮޑު އެންމެންނަށް, އެންމެ ބޮޑު ރައްކާތެރިކަމަކާއި އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ . މިކަން ޙައްޖަަތުލް ވަދާޢުގެ ޚުޠުބާއިންވެސް އެނގޭނެއެވެ. އުފަލާއެކު މުސްލިމުން, ދީނުގެ އުޞޫލުތަކުގަ ހިފަހައްޓާށެވެ."

މިއީ މިކަމުގެ ޙަޤީޤަތް ހާމަވެގެންދާ އެންމެ ޙައްޤު ބަސްފުޅެވެ! އިސްލާމް ދީނުގައި ކަން އޮތް ގޮތެވެ! މުސްލިމުން ޢަމަލުކުރަންވީ ގޮތެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް