އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޣްރިބް ނަމާދުން ފެށިގެން ޖަމާއަތުގަ ނަމާދުކުރަން ފަށާނެ! ސަމާލުކަންދޭންޖެހޭ ކަންކަން ވަރަށް ގިނަ!

މަޣްރިބް ނަމާދުން ފެށިގެން ޖަމާއަތުގަ ނަމާދުކުރަން ފަށާނެ! ސަމާލުކަންދޭންޖެހޭ ކަންކަން ވަރަށް ގިނަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

މާދަމާ، ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށަން ނިންމައި ގިން ކަންތައްތަކަކަށް ސަމާލުކަންދޭން އިސްލާމިކް މިނިސްޓްރީން އެދިއްޖެ އެވެ. 

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއިނަމާދުކުރާނެ މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި މާސްކު އެޅުމާއި މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމާއި  މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުން ހިމެނެއެވެ. 

ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމަށާއި ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށާއި މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

އިމާމުން ސަމާލުވާންވީ ކަންތައްތަކުގެ ތެރޭގައި  ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ޤަމަތް ދީ ނަމާދު ފެށުމާއި އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުން ހިމެނެއެވެ. 

ސިޓީ ކައުންސިލުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅަފައި ނެތުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފު ކުރުމާއި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު މިސްކިތުގައި ހަމަޖެއްސުމާއި  ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ޙާލަތެއް ގައި ނޫނީ އެއާކޯން ބޭނުން ނުކުރުމާއި  އެއާކޯން ބޭނުން ކުރާ ނަމަ، ދޭތެރެ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވައި ވައި ބަދަލުވާނޭ ގޮތް ހެދުން ހިމެނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް