އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަފުޅުތަކުގަ ބަލައި ނުގަނެވޭ އެތައް ކަމެއް އެބަހުރި: ވަޠަނީ ޙަރަކާތް

މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަފުޅުތަކުގަ ބަލައި ނުގަނެވޭ އެތައް ކަމެއް އެބަހުރި: ވަޠަނީ ޙަރަކާތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

މިއަދު ހައުސިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަފުޅުތަކުގަ ބަލައި ނުގަނެވޭ އެތައް ކަމެއް އެބަހުރި ކަމަށް ބުނެ މާލޭގެ ރަށްވެހިންނަށް ގޯތި ހޯދުމަށް ހިންގާ ވަތަނީ ހަރަކާތުން ބަޔާނެއް ނެރެފިފައެވެ. 

ބަޔާން: 

6 ޖޫން 2020 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭގޮތުން ދަންނަވަމެވެ. 

މިއަދު (6 ޖޫން 2020) ގައި މިނިސްޓަރ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ބޭއްވި ނޫސްވެރިންގެ ބައްދުލުވުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅު ތަކުގައި. 40 އަހަރަށް ވުރެ ދިގުމުއްދަތެއްވެފަވާ މާލޭރަށްވެހިންނަށް ގޯތި ނުދީ ހިފަހައްޓާފަވާ މައްސަލާގައި، މާލެ ސިޓީގެ ގިނަ ރައްޔިތުންނަށް ބަލައިނުގަނެވޭ އެތައްކަމެއް އެބަހުއްޓެވެ.

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ގެ ވާހަކަތަކަށް ބަލާއިރު މިހަރަކާތުން ފާހަގަކުރާ ކަންބޮޑުވުން:

1) ގުޅިފަޅުގައި މައިގަނޑު ގޮތެއްގައި ޕޯޓު އަދި އިންޑަސްޓްރިއަލް މަސައްކަތް އޮންނާނެކަމަށާއި މަޖިލީހުން ނިންމި ގޮތަށް ހިއްކާ ބިމުގެ 15% ދޫކުރާއިރު 1200 ޕްލޮޓް އަދި 6000 ފްލެޓް ދޫކުރުމަށް އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

2) ތިލަފުށި ބާއްވަން ޖެހެނީ ލޭންޑްފިލް ސައިޓްއެއް ގޮތުގައި ކަމަށާއި ތިލަފުއްޓަކީ އެތައް ޒަމާންތަކެއްވަންދެން މީހުން ދިރި އުޅޭނެ ތަނެއްނޫންކަމަށް ވިދާޅުވިއެވެ.

3) ތިލަފުށީގައި ހިނގާނީ ކޮމްޕެޓިބަލް އިންޑަސްޓްރިއަލް މަސައްކަތް ކަމަށާއި އަދި އެގޮތަށް ޕްލޭން ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. 

މި ހަރަކާތުން ދެކޭގޮތް 

ކ.އަތޮޅު ގުޅީފަޅު ހިއްކައިގެން މާލޭގެ ރައްޔިތުންނާއި އަހުލުވެރިންނަށް ގޯތިދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރު ރާއްޖޭގައި ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކަންކުރާ ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގެ ރައްޔިތުންނާއި އަހުލުވެރިންނަށް ވެފައިވާ ވައުދަކީ އެމައްޗަށް އަމަލުކުރުން ލާޒިމް ޤާނޫނީ ބަނދެވުމެކެވެ.

1) ގްރޭޓަރ މާލޭ ބޯހިޔާވަހިކަން ޕްލޭން ކުރެވެން ޖެހޭނީ މާލޭސިޓީގެ ރަށްވެހިންނަށް ދާއިމީ ޙައްލު ހޯދޭނެ، ރައްޔިތުންގެ ލަފައާއި ބައިވެރިވުމާއިއެކު އެކުލަވާލެވޭ ޕްލޭންތަކެއްގެ ތެރެއިންކަމަށް މިހަރަކާތުން ދެކެމެވެ. 

2) ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށްޓަކީ އެބިންތަކުން މާލޭގެ ރަށްވެހިންނަށް ގޯތި ދޭން، ރައީސް ސޯލިހް އަދި މަޖިލިސް 19ގެ  މެންބަރުން ވައުދުވެފަވާ ބިންތަކަކަށްވެފައި،  މި ބިމުގައި ޕޯޓު އެޅުމުން މާލޭގައި ގޯތި ޙައްޤުވާ 18 އަހަރުން މަތީގެ 40000 ގިނަ ފަރުދުންނަށް އެމް.ޑީ.ޕީ ގެ އެޖެންޑާ-19 އިން ކަށަވަރުކޮށްދިން "ގޯތި ކަނޑާ ދިނުން" ވަޢުދު ބާތިލްކޮށްލުން މީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ބަޔާންކުރަމެވެ. 

3) ތިލަފުށީގައި ސްރިލަންކާގެ ކޮލަމްބޯ ޕޯރޓް އާ އެއްވަރުގެ ހެންޑްލިން އަދި ސްޓޯރޭޖް ގެ އިތުރުން ކާގޯ މޫވްމަންޓް 2 ގުނަ ކުރެވޭ ޕޯރޓް އެއް ހެދެންއޮއްވާ އެގޮތަށް އެކަން ނުކުރުމަކީ މާލޭރައްޔިތުންނަށް ގޯތި ނުދިނުނުމުގެ އިތުރުން ދައުލަތާ ރައްޔިތުންނަށް ޢިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުން ލިބޭނެ ނިންމުމެއްކަމުގައި ދެކެމެވެ. 

4) ސަރުކާރުގެ މި ނިންމުމަކީ ގްރޭޓަރ މާލޭ ސަރަހައްދުން މާލޭގެ ރަށްވެއްސަކަށް ދިރިއުޅޭނެ ބިމެއް ނުލިބޭނެގޮތަށް ޤަސްދުގައި ސަރުކާރުގެ ވިޔަފާރި ޕްލޭން ހަދާ މާލެ ސިޓީގެ ރައްޔިތުންނަށް މިހާތަނަށް ބަޔަކަށް ދެވުނު އެންމެބޮޑު އަނިޔާ ދިނުންކަމުގައި މިހަރަކާތުން ދެކެމެވެ.

5) މާލެ ސިޓީގެ ގޯތިހައްޤު 40000- + ފަރުދުންނަށް ރާއްޖެތެރެއަށް ހިޖުރަކުރުމަށް މަޖުބޫރު ކުރުވުންކަމުގައި މި ހަރަކާތުން ދެކެވެ. 

ދާއިމީ ހައްލު. 

ގްރޭޓަރ މާލެ ސަރަހައްދު ކަނޑައެޅުން. 

1) މާލެ، 2) ވިލިމާލެ، 3) ހުޅުމާލެ، 4) ގުޅިފަޅު، 5) ފުށިދިއްގަރުފަޅު، 6) ތިލަފުށި. 

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް:- 

1) ގުޅިފަޅު އެއްކޮށް ހިއްކާ %60 ބިމުގައި  1500 އަކަފޫޓުގެ 12000 ގޯތި ދޫކުރުން.

2) ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާ %50 ބިމުގައި 1500 އަކަފޫޓުގެ 42000 ގޯތި ދޫކުރުން.

ކުނިއެންދުން އަދި ވޭސްޓް މެނޭޖްމަންޓް. 

ކުނި އެންދުން އުތުރު ތިލަފަޅަށް ބަދަލު ކުރުން.  (ކުރިޔަށް އޮތް 50 އަހަރު ތެރޭގައި މާލެ ސައިޒްގެ 3 ގުނަ ބިމެއް ވުޖޫދަށްގެނައުން) މިތަން ވެގެން ދާނީ މުސްތަޤްބަލުގައި ގޯތިދެވޭނެ ތަނަކަށެވެ. 

މާލޭ ޕޯރޓް. 

ތިލަފުށީގައި އިންޓަރނޭޝަނަލް ޓްރާންސިޓް ހަބް/ މާލޭ ޕޯރޓް ހަދާގޮތަށް ފަރުމާ ކުރުމުން ރާއްޖޭގެ ޓުއަރިޒަމްއާ އެއްވަރުގެ ޢާމްދަނީ އެއް ދައުލަތައްލިބި އެހާބޮޑު އިންޑަސްޓްރީއެއް އުފެދޭނެއެވެ.

މާލެސިޓީއަކީ  އެތައްހާސް އަހަރެއްވަންދެން ފުރަމާލޭގެ ރައްޔިތުން/ނަސްލު/އަހުލުވެރިން/ދަރިފަސްކޮޅު ދިރިއުޅެމުންއައި ތަނަކަށްވެފައި މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން އިންސާނީ ނަސްލު ވިއްސިވިހާލި ވުމަށް މަޖުބޫރު ކުރުވައިފިކަމަށް މިހަރަކާތުން ދެކެމެވެ.  

ސަރުކާރާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުން ހަދާފައިވާ އެއްބަސްވުމަކީ އެމައްޗަށް އަމަލުކުރުން ލާޒިމް އަދި ބާތިލް ނުކުރެވޭނެ އެއްބަސްވުމެއްކަމުގަ ދަންނަވަމެވެ. މި ވައުދުތަށް ވަނީ މާލޭގެ ރައްޔިތުން ދިން ވޯޓާއި، ސަރުކާރަށް އަދި މަޖިލީހަށް ކުރާ އިތުބާރާއި ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަޒުމަކަށް ވާންވާނީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުން ކަމުގައި މިހަރަކާތުން ދެކެމެވެ. 

6 ޖޫން 2020

15 ذُو ٱلْقَعْدَة 1441

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް